ޓްރަމްޕް މި ދަތުރުގައި އިޒްރޭލަށް ވަޑައެއް ނުގަންނަވާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ހަފްތާގައި މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިޒްރޭލުގައި މަޑުކުރައްވަން ރާވާފައި ނުވާ ކަމަށް ވިދާޅުވެއްޖެއެވެ.

"އަހަރެމެން އިޒްރޭލުގައި މަޑުކުރަން ރާވާފައެއް ނުވޭ. ކޮންމެވެސް ހިސާބަކުން އެކަން ކުރާނަން، އެކަމަކު [މި ދަތުރުގައެއް ނޫން،" ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފްގެ ހުވާ ކުރެއްވުމުގައި އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ސައުދީއާއި ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މަޑު ކުރައްވާނީ ސައޫދީ ގައެވެ.

އެނބުރި ޓްރަމްޕް ވޮޝިންޓަނަށް ވަޑައިގަންނަވާނީ، މެއި މަހުގެ 16 ވާ ހުކުރު ދުވަހު އެވެ.

އެމެރިކާގައި ހުންނަ އިޒްރޭލުގެ ސަފީރު ޔެޗިއެލް ލެއިޓަރ ވަނީ ޓްރަމްޕް މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިޒްރޭލުގައި މަޑުކުރެއްވުމަށް ހުށަހަޅާފައެވެ.

ހިއްސާ ކުރައްވާ!