އިންޑިއާ މީހުން ގައުމަށް ރިތި ނަން ހޯދައިދޭ: މާލި ވަޒީރު

އިންޑިއާގެ މާލީ ވަޒީރު ނިރްމަލާ ސީތާރާމަން، އިޓަލީގެ މިލާނުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުން، އިންޑިއާމީހުން ދުނިޔޭގެ އިޤްތިޞާދަށް ކޮށްދީފައިވާ މުހިންމު ޚިދުމަތްތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި އިންޑިއާ މީހުންނަކީ އެމީހުން ދިރިއުޅޭ ޤައުމުތަކުގައި އިޙްތިރާމު ލިބިވަޑައިގެންފައިވާ، ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތާ، އަދި އިޖާބީ ބާރުތަކެއްކަމުގައި ސިފަކުރެއްވިއެވެ. ސުއާލާއި ޖަވާބު ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، އިންޑިއާ މީހުންގެ ކާމިޔާބީތަކުން އިންޑިއާއަށް ލިބޭ ފަޚުރުވެރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ މީހުންގެ ގައުމީ ލޯއްބާއި މާދަރީ ވަޠަނަށް ދޭ އިޚުލާސްވެރިކަންވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އޭނާގެ މި ދަތުރުފުޅަކީ، މޭ 4 އިން 7 އަށް މިލާނުގައި ބޭއްވުނު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑު އޮފް ގަވަރނަރުންގެ 58 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ސީތާރާމަން ވަނީ، މޯދީ ސަރުކާރުގެ 10 އަހަރުގެ ކާމިޔާބީތައް ކުރުގޮތަކަށް ބަޔާންކޮށް ދެއްވާފައެވެ.

އަދި 2047 ވަނަ އަހަރާ ހަމައަށް އިންޑިއާ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށް ސިޔާސީ ހަމަޖެހުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ތިންވަނަ ދައުރުން ދެފުށް ފެންނަ ކޮރަޕްޝަނުން އެއްކިބާވެފައިވާ ވެރިކަމެއް އަދި އެންމެންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ޔަޤީންކޮށްދޭ ސިޔާސަތުތައް ފެނިގެންދާ ކަމަށެވެ. އަދި މިއީ ކުރީގެ ސަރުކާރުތަކުން ކާމިޔާބު ކުރެވިފައި ނުވެފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ޑިޖިޓަލް ކުރިއެރުންތައް ފާހަގަކުރައްވަމުން، ސީތާރާމަން ވިދާޅުވީ 2025 ވަނަ އަހަރުގެ މާރިޗު މަހު ޔޫ.ޕީ.އައި އިން 24 ލައްކަ ކްރޯރު ރުޕީސްގެ 1،800 ކްރޯރު މުޢާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި 55.17 ކްރޯރު ރައްޔިތުންގެ އެކައުންޓްތަކުގައި 2.614 ލައްކަ ކްރޯރު ރުޕީސްގެ ޑިޕޮސިޓް ހުރި ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކުދި ވިޔަފާރިވެރިންނަށް ރަހުނެއް ނެތި ކުޑަ އިންޓަރެސްޓެއްގައި ލޯނު ދޫކުރުން ފަދަ އިސްނެގުންތަކުގެ ސަބަބުން، ކުރިން ރަސްމީ ބެންކުގެ ނިޒާމުތަކުން އެއްކިބާވެފައިވާ އަދި މަޙްރޫމް ވެފައިވާ ގްރޫޕްތަކަށް މާލީ ޚިދުމަތްތައް ލިބޭގޮތް ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!