އިންޑިއާގެ އެންމެ މުއްސަނދި މީހާ އަމްބާނީގެ ޖިއޯ ސްޓޫޑިއޯއިން "އޮޕަރޭޝަން ސިންދޫރު" ގެ ޓްރޭޑްމާކް ހޯދުމަށް ހުށަހެޅުމުން ފާޑުކިޔުން އާންމު ވުމުން އެކަން ދޫކޮށްލައިފިއެވެ. ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތަކާ ގުޅިގެން މުކޭޝް އަމްބާނީގެ ޖިއޯ ސްޓޫޑިއޯސް ބުނެފައި ވަނީ އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ދިން އަސްކަރީ ހަމަލާގެ ކޯޑް ނަން ކަމަށްވާ ޓްރޭޑްމާކް "އޮޕަރޭޝަން ސިންދޫރު" ޓްރޭޑްމާކެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހެޅީ ވެރިންނަށް ނޭނގި ކުންފުނީގެ މުވައްޒަފެއް ކަމަށެވެ. ފާޑު ކިޔުންތަކާ ހެދި އެކަން ދޫކޮށްލައިފިއެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާންގެ ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ އަށް ކަމަށް އިންޑިއާއިން ބުނެއެވެ. ހަލާކުކޮށްފައިވާ ތަންތަނުގެ ތެރޭގައި ލަޝްކަޜޭ ޠޮއްޔިބާއާ ގުޅުން ހުރި މަދަރްސާތަކާއި މިސްކިތްތައް ހިމެނެއެވެ. މިހަމަލަތަކަކީ، އިންޑިއާގެ ކަޝްމީރުގައި ދިން ހަމަލާއެއްގައި ގިނައީ 26 މީހުން މަރާލި ޓެރަރިސްޓް ހަމަލައަށް ބަދަލު ހިފުމަށް ދިން ހަމަލައެކެވެ.
ކައިވެނިކޮށްގެން އުޅޭ ހިންދޫ އަންހެނުން ރަމްޒުކޮށްދޭ "ސިންދޫރު" މި ލަފުޒުގައި އިޝާރާތްކޮށްފައިވަނީ ހުވަފަތް އަންހެނުންނަށެވެ.
އަމްބާނީގެ ރިލަޔަންސް އިން ބުނީ "އޮޕަރޭޝަން ސިންދޫރު" އަކީ އިންޑިއާގެ ހިތްވަރުގަދަކަމުގެ ރަމްޒެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ސޯޝަލް މީޑިއާ ޔޫޒަރުން ބުނީ މި ފިޔަވަޅަކީ "މަލާމާތެއް" ކަމަށެވެ. އަދި އިދިކޮޅު ކޮންގްރެސްގެ ތަރުޖަމާނު އަނިރުދު ޝަރުމާ ވަނީ އަމްބާނީގެ އެދުމާ މެދު ސުވާލު އުފައްދާފަ އެވެ.
ރިލައެންސަކީ މިހާރު ވޯލްޓް ޑިޒްނީއާ ގުޅިފައިވާ 8.5 ބިލިއަން ޑޮލަރުގެ ބޮޑު މުނިފޫހީގެ ވިޔަފާރިއެކެވެ.





