ނަސާރާއިންގެ އައު ފާދިރީ ވަނީ މީގެ ކުރިން ފާދިރީންގެ ގޮތުގައި ތިބި 13 އިސް ފާދިރީން ބޭނުން ކުރި ނަމެއް އިޚުތިޔާރުކޮށްފައެވެ. ބުރާސްފަތި ދުވަހު 133 ކުޑަ ފާދިރީންގެ މަޖިލީހަކުން ހޮވާފައިވާ ބޮޑު ފާދިރީ އިޚުތިޔާރު ކުރި ނަމަކީ އިސްފާދިރީ ލިއޯ14 އެވެ.
ފުރަތަމަ އިސް ފާދިރީ ލިއޯ 1 އުޅުނީ ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ ކުރިންނެވެ. ފަހުން އައި ލިއޯ ފާދިރީތަކުން ދެ ލިއޯ ފާދިރީއަކީ އިސްލާމް ދީނަށް ޔޫރަޕަށް ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރި ދެ ފާދިރީންނެވެ. އަދި އެއް ލިއޯ ފާދިރީއަކީ ސޮލީބީ ހަނގުރާމައަށް ހިތްވަރުދިން ފާދިރީއެވެ.
ޖުމުލަ ގޮތެއްގައި އިސްވެ ދިޔަ ލިއޯގެ ނަން ބޭނުން ކުރި 13 ފާދިރީންގެ ތެރޭން ގިނަ މީހުންނަކީ ނަސާރާއިންގެ އިސްލާހަށް މަސައްކަތް ކުރި ބައެއް ކަމަށް ބުނެއެވެ.
ނަސާރާއިންގެ ރޯމަން ކެތޮލިކް ފައްޅިން ހޮވާފައިވާ އިސް ފާދިރީއަކީ އެމެރިކާގެ ޗިކާގޯއަށް އުފަން އަދި ގިނަ ދުވަސްވަނދެން ޗިލީގައި ފާދިރީގެ މަސައްކަތުގައި އުޅެފައިވާ މީހެކެވެ.
ޓްރަމްޕްވެސް ބުނީ އެމެރިކާ ފާދިރީއަކު އިންތިޚާބު ވުމުން ހައިރާން ވެއްޖެ ކަމަށެވެ. ހައިރާން ކުރަނިވި ގޮތަކަށް، 1.4 ބިލިއަން ކެތޮލިކު ނަސާރާއިންގެ އިސްފާދިރީއަކަށް ހޮވި މީހާގެ އަސްލު ނަމަކީ، ރޮބަޓް ޕްރެވޮސްޓް އެވެ. މިއީ އެމެރިކާއަށް ނިސްބަތްވާ ފުރަތަމަ އިސް ފާދިރީއެވެ.
އޭނާގެ ޓުއިޓާ އެކައުންޓުން ޓްރަމްޕާއި ނައިބް ރައީސް ވެންސްގެ ބައެއް ޚިޔާލުތަކަށް ފާޑުކިޔާފައިވާ ކަމަށް ފެންނަން ހުރިކަމަށް މީޑިއާއިން ބުނެއެވެ.



