އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރުމުގެ އިންޒާރު އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ދީގެން އެކަމާ މެދު ކަން ބޮޑުވުން ފާޅުކޮށްފިއެވެ. ކޮންގްރެސްގެ މެމްބަރުން ބުނަނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހުގެ މެމބަރންނަށް ބިރު ދައްކަނީ ކަމަށެވެ.
ކޮންގްރސްގެ 3 މެމްބަރަކު ވަނީ މުހާޖިރުން ހައްޔަރުކޮށްގެން އެމެރިކާ އިމިގްރޭޝަނުން ބަންދު ކުރާ ޖަލަކަށް ޒިޔާރަތް ކޮށްފައެވެ.
ނިއު ޖާރސީން ޑިމޮކްރެޓިކް ޕާޓީގެ ތިން މެންބަރުން ކަމަށްވާ ބޮނީ ވޮޓްސަން ކޯލްމަން، އާއި ރޮބް މެނެންޑެޒް އަދި ލަމޮނިކާ މެކްއައިވަރ ވޭތުވެދިޔަ ހަފްތާގައި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ ޑެލޭނީ ހޯލް ކިޔާ ޖަލަކަށް ޒިޔާރަތްކުރިއެވެ. މިއީ ކޮންގްރެސްގެ މެމްބަރުންގެ މަސައްކަތުގެ އާންމު ބައެކެވެ. މި ޒިޔާރަތަކީ، ނިއުއާކްގެ މޭޔަރު ރަސް ބަރަކު ހައްޔަރު ކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުން ބަލާލަން ކޮންގްރެސް މެމްބަރުން ދިޔަ ދަތުރެކެވެ.
ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) އިން ބުނެފައި ވަނީ ބޭނުން ނަމަ މޭޔަރު ހައްޔަރު ކުރިގޮތަށް ކޮންގްރެސްގެ މި މެންބަރުންވެސް ހައްޔަރުކުރެވިދާނެ ކަމަށެވެ.
ކޮންގްރެސްގެ މެމްބަރުންނަށް ތުހުމަތުކުރެވެނީ އައިސް އޮފިސަރުންނަށް ހަމަލާދީ، މަރުކަޒަށް ގަދަކަމުން ވަންނަން އުޅުމުގެ ކުށެވެ.
މެންބަރުން މި ތުހުމަތުތައް ދޮގުކުރެއެވެ. މެންބަރުން ބުނާ ގޮތުގައި އައިސްގެ ޤަވާއިދުތަކުގެ ދަށުން އެ ބޭފުޅުންނަށް ކުރިން އެންގުމަކާ ނުލައި މަރުކަޒަށް ޒިޔާރަތްކުރުމުގެ ޙައްޤު ލިބެއެވެ.





