ޚާން ޔޫނުސްގެ ހަސްފަތާލަށް ބޮން އަޅައިފި

އެމެރިކާގެ ރަށްވެހިކަން ގެންގުޅޭ އިޒްރޭލުގެ ހަނގުރާމައިގެ އަސީރު ދޫކޮށްލުމާއެމު ޒަޔަނިސްޓުން ޣައްޒާގެ ޚާން ޔޫނުސް ހަސްފަތާލަށް ބޮން އަޅައިފިއެވެ. މީގެ ކުރިންވެސް ހަސްފަތާލުތަކަށް ބޮން އަޅައި މަދަނީންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި މަޝްހޫރުކަން ހޯދާފައިވާ ޒަޔަނިސްޓު ނާޒީ ފިކުރުގެ ޔަހޫދީ ސިފައިން ބުނެފައި ވަނީމި ހަމަލަ އަމާޒު ކުރީ ހަމާސް އިން ޚާން ޔޫނުސް ހަސްފަތާލު އެމީހުންގެ ކޮންޓްރޯލު ރޫމެއްގެ ގޮތުގައި ބޭނުން ކުރާތީ ކަމަށެވެ.

މި ހަމަލައަށްފަހު އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ޕާލަމެންޓު މެމްބަރުންނަށް ބުނެފައި ވާކަމަށް އިޒްރޭލު މީޑިއާއިން ރިޕޯޓުކޮށްފައި ވަނީ، އިޒްރޭލުން ފަލަސްޠީނު މީހުންގެ ގެތަކަށް ބޮން އަޅަނީ އެމީހުން ޣައްޒާއިން ބޭރު ކުރުމަށް ކަމަށެވެ. މިއީ ފާޅުގައި ހަނގުރާމައިގެ ޖަރީމާ ހިންގުމަށް ވެވޭ އެއްބަސްމެކެވެ.

އަނެއް ކޮޅުން ނަތަންޔާހޫ ވަނީ ހަނގުރާމަ ކުރުމަށް އޭނާއަށް ހުރަސް އެޅޭކަމަށް ބުނެ އިންޓަރނޭޝަނަލް ކުރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމަށް ނެރެފައިޥާ އަމުރު ބާތިލުކޮށް ދިނުމަށްވެސް އެދިފައެވެ.

ހަނގުރާމައިގެ އަސީރު އެލެގްޒެންޑަރު އިޑާމް ހަމާސްއިން މިނިވަން ކުރުމުން ނަތަންޔާހޫ ބުނެފައި ވަނީ މިފަހަރު ގައްޒާގައި އިޒްރޭލު ސިފައިން ކުރިއަށް ގެންދ އަސްކަރީ އޮޕަރޭޝަނުގައި އެއްވެސް ރަހުމު ކުރުމެއް ނޯންނާނެ ކަމަށެވެ.

ޣައްޒާގައ ހަނގުރާމައިގެ ޖަރީމާތައް ހިންގައި އަދި ހަނގުރާމައިގެ ޖަރީމާ ހިންގާނެ ކަމަށް އެމްޕީންނަށް ވައުދު ވުމަށްފަހު ނަތަންޔާހޫ ވަނީ ހަނގުރާމައިގެ އަސީރުން މިނިވން ކުރުމަށް މަޝްވަރާތައް ބޭއްވުމަށް މިއަދު ޤަތަރަށް ވަފްދެއްވެސް ފޮނުވާފައެވެ.

ހިއްސާ ކުރައްވާ!