ޣައްޒާގައި އިޒްރޭލުން ހިންގާފައިޥާ ޖަރީމާތައް މަތި ޖެހުމަށް އިޒްރޭލަށް ވިކިގެން ބީބީސީން ކުރަމުންދާ މަސައްކަތް ހުއްޓުމަށް މީޑިއާގެ ދާއިރާގައި މަސއްކަތް ކުރާ 600 އެއްހައި މަޝްހޫރު ފަރާތްތަކުން ބީބީސީއަށް ގޮލާވައިފިއެވެ.
ބީބީސީ އިން ވަނީ މެނޭޖުމަންޓު ބަދަލުވުމާއި އަދި އިޒްރޭލުގެ ޖަރީމާތައް ރިޕޯޓު ކުރުމާ ގުޅިގެން އިޒްރޭލުގެ ޒަޔަނިސްޓުންގެ ގާތުން މައާފަށް އެދިފައެވެ.
19 މަސް ވަންދެން އިޒްރޭލުން ކުރިއަށް ގެންގޮސްފައިވާ ހަނގުރާމައިގެ ޖަރީމާތަކުގައި ބިބީސީން ސާފުކށް ޒަޔަނިސްޓުންނަށް ސަޕޯޓުކޮށްފައިވާކަން އެނގޭތީ އެފަދަ އމަލުތަކަކީ މަސައްކަތގެ ހުނަރުވެރިކަމަށާއި އިންސާނިއްޔަތަށް ވެސް ހުތުރެއްކަމުގައި ވާތީ އެކަން ހުއްޓުވުމަށް އެދޭކަމަށް އިލްތިމާސްގައި ބުނެފައި ވެއެވެ،
މި މައްސަލައަކީ 'Gaza: How to Survive a War Zone', ގެ ނަމުން ތައްޔާރުކޮށްފައިވާ އިޒްރޭލުގެ ޖަރީމާތައް ހިމެނޭ ޑޮކިއުމެންޓްރީއެއް ދެއްކުމަށް ބީބީސީން ދެކޮޅު ހަދާ މައްސަލައެކވެ. ބިބީސީން ބުނަނީ މ ޑޮކިއުމެންޓަރީގައި ވާހަކަ ކިޔައިދީފައި ވަނީ ހަމާސްގެ ލީޑަރެއްގެ ދަރިފުޅެއް ކަމަށެވެ. އެހެންވެ ވަކި ފަރާތަކަށް ޖެހިފައި އޮތުމުގެ ފުރުސަތު އޮތް ކަމަށް ފެންނަ ކަމަށް ބުނެފައި ވެއެވެ.





