ހިފާފައިވާ ފަލަސްޠީނުގެ ޔާފާ ސަރަހައްދުގައި ޤާއިމް ކޮށްފައިވާ "ބެން ގުރިއޮން އެއާޕޯޓް" ގެ ނަމުން ނަން ދީފައިޥާ ލައްދު އެއާޕޯޓަށް އަޑަށް ވުރެން ބާރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލް އަމާޒުކޮށްގެން ހަމަލަ ދީފިއެވެ. 24 ގަޑި އިރު ތެރޭ 3 ހަމަލަ ދީފައި ވެއެވެ.
ޔަމަނުގެ ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ނެރުނު ބަޔާނެއްގައި ވަނީ މިސައިލް "ކާމިޔާބުކަމާއެކު އަމާޒަށް ވާސިލުވި" ކަން ކަށަވަރުކޮށްދީ ފައެވެ.
އަޤްޞާ ޠޫފާނުގެ ސަބަބުން އިޒްރޭލަށް އަންނަ ފަތުރުވެރިންގެ އަދަދު %90 އަށްވުރެ މަދުވެފައި ވެއެވެ. އަދި އިސްރާއީލުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ސީދާ އަދި ނުސީދާ ކޮށް 12 ބިލިއަން ޝެކެލް (ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ގެއްލުމެއް ވެފައި ވެއެވެ.
އިޒްރޭލު ހޮޓެލް އެސޯސިއޭޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓޫރިސްޓް ހޮޓަލްތަކުގައި އޮކިއުޕެންސީ ރޭޓް މިހާރު %10 އަށް ވުރެ މައްޗެއް ނުވެއެވެ.
ޔަޙުޔާ ސަރީޢު އިތުރަށް ވިދާޅުވީ "މި މިސައިލްގެ ސަބަބުން އެތައް މިލިއަން ޒަޔަނިސްޓުންނަކަށް ބިންގަރާހަށް ފިލަން ވަންނަން މަޖުބޫރުވެ، އެއާޕޯޓުގައި ވައިގެ ދަތުރުފަތުރު ގާތްގަނޑަކަށް އެއް ގަޑިއިރަށް ހުއްޓުވުނު" ކަމަށެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ޔަމަނުގެ ސިފައިންގެ މިސައިލް ފޯސް އިން ވަނީ "ޒުލްފިގާރު" ބެލިސްޓިކް މިސައިލަކުން ލުއްދު އެއާޕޯޓަށް އަމާޒުކޮށްގެން އިތުރު އަސްކަރީ އޮޕަރޭޝަނެއް ވެސް ހިންގައިފަ އެވެ.






