މިއަދު ފަތިހުން ފެށިގެން މިހާތަނަށް ޣައްޒާގައި ޔަހޫދީން 120 މީހުން ޝަހީދުކޮށްފިއެވެ. އަދި އޭގެ އިތުރުން ޒަޔަނިސްޓުންގެ ޖަލުތަކުގައި 3 އަސީރުން ޝަހީދުކޮށްފި އެވެ.
އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ އަނިޔާގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު އަލްޙަލްވު ވެސް ހިމެނެއެވެ.
އަޙުމަދުއާއެކު ޒަޔަނިސްޓު ޔަހޫދީން މިހާތަނަށް ޝަހީދު ކުރި ނޫސްވެރިންގެ އަދަދު 217 އަށް އަރާފައި ވާނެއެވެ.





