ފަލަސްޠީނުގެ ޚަލީލު ސިޓީގެ އިބްރާހީމީ މިސްކިތުގައި ހުކުރު ދުވަހުގެ ފަތިސްނަމާދަށް ދިޔަ މީހުން ސުންނަތް ކުރަން ތިއްބައި ޔަހޫދީ ފުލުހުން މިސްކިތަށް ވަދެ ކަރުނަ ގޭސް ޖަހައި މީހުން މިސްކިތަށް ބޭރަށް ލައިފިއެވެ. މީހުންނަށް ފަތިސް ނަމާދު ކުރަން ޖެހުނީ ހަރިންމަ ތެރޭގައި މިސްކިތުން ބޭރުގައެވެ.
ހުކުރު ދުވަހުގެ ހެނދުނު ޔަހޫދީން ރާވާފައި އޮތީ ފަލަސްޠީނު ދިދަ އެންދުމުގެ ހަފްލާއެއް އިބްރާހީ މިސްކިތް ކައިރީގައި ބާއްވާށެވެ. އެމީހުންގެ އުދުވާން ހިންގުމުގައި އިސްކޮށް ހުރީ ޒަޔަނިސްޓުންގެ ސަރުކާރުގެ މާލީ ވަޒީރު ބެލާޒެލް ސުމޮރިޗެވެ. މަލްއޫނު ވަނީ އޭނާގެ އައުވާން ޔަހޫދީންނާއި ޚަލީލު ސިޓީގައި ހިފާފައިޥާ ބިމުގައި އެމެރިކާގެ ފައިސާއިން ހަދާފައިވާ ޔަހޫދީ ބަސްތީތަކުގައި ދިރިއުޅޭ ޔޫރަޕްގެ ދޮން ސެޓްލަރުންނާ އެކު މިސްކިތުގެ ޔަހޫދީންނަށް ޚާއްސަކޮށްފައިވާ ބަޔަށް ވަދެ ފަލަސްޠީނުގެ ދިދައާއި ފަތަހަ ޖަމާއަތުގެ ދދައާއި ހަމާސްގެ ދިދަ އަންދާފައެވެ.
ޔަހޫދީ ފުލުހުން ދިޔައީ މިމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދެމުންނެވެ.
އިބްރާހީ މިސްކިތުގެ 63 ޕަސެންޓް ޔަހޫދީން ވަނީ 1994 ވަނަ އަހަރުން ފެށިގެން ފޭރިގެންފައެވެ.
ޚަލީލު ސިޓީގައި 400 ޔަހޫދީ ސެޓްލަރުން ދިރިއުޅޭ އިރު އެމީހުންގެ ހިމާޔަތުގައި ޔަހޫދީ 1500 ސިފައިން ތިބެއެވެ.






