ޣައްޒާ ހަނގުރާމަ ހުއްޓުވައި އަސީރުން މިނިވަން ކުރަން ބާރަކަށް ވާނީ ޔަމަނުން: އިޒްރޭލް

އިސްރާއީލުގެ ޗެނަލް 12 އިން ހުކުރު ދުވަހު ކުރި ބަހުސްތަކެއްގައި އިޒްރޭލުގެ މުހައްލިލުން ބުނަނީ ބާރުގަދަ އެމެރިކާއަކަށްވެސް ޔަމަނެއް ނުހުއްޓުވުނު ކަމަށެވެ. އަދި ޔަމަނަކީ އިޒްރޭލަށް ކަނޑު މަގުންނާއި ވައިގެ މަގުން ހިސާރަކުރުމެއް މަޖުބޫރު ކުރާ ގައުމު ކަމަށެވެ. އަދި ބުނެފައި ވަނީ ޔަމަނުން ހަމަލަ ދިނުމުން އިޒްރޭލުން ބޮޑު އަގެއް ދައްކަން ޖެހޭ ކަމަށެވެ.

އިންޑިއަން އެއާލައިންސްއިން މިއަދު ބުނެފައި ވަނީ ނިއުދިއްލީއާއި އިޒްރޭލާ ދެމެދު ސީދާ ދަތުރުތަކެއް ނޯންނާނެ ކަމަށެވެ. އިޒްރޭލު އެއާޕޯޓަށް ހަމަލަ ދިނުމުގެ ނުރައްކާ އޮތުމުން ދެން ދަތުރުތައް ފަށާނީ އަންނަ މަހު 19ގައި ކަމަށެވެ.

ޗެނަލް 12 އަށް ދިން އިންޓަވިއުއެއްގައި އިސްރާއީލުގެ ޔެޑިއޮތު އަހްރޮނޮތްގެ ނޫސްވެރިޔާ ރޮނެން ބާގްމަން ބުނަނީ ހުރިހައި ޖާސޫސީ އިދާރާތައް އެއްވެގެން ވެސް ޔަމަނު ބަލިކޮށެއް ނުލެވުނު ކަމަށެވެ. އެމީހުންނަ ހަމަލައެއް ދީފިނަމަ އެއިން އެމީހުންނަށް ގެއްލޭނެ މާބޮޑު އެއްޗެއް ނެތް ކަމަށެވެ. ނަމަވެސް އެމީހުން ދޭ ހަމަލައިން އިޒްރޭލަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑު ކަމަށެވެ.

އިޒްރޭލު މުހައްލިލުން ބުނަނީ ޔަމަނީ ބަލި ކުރެވޭނެ ބައެއް ނޫން ކަމަށެވެ.

އިޒްރޭލު މީޑިއާއިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި "އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޓްރޫމަން އުޅެނީ މެދުއިރުމަތިން ފުރައިގެން ދާށެވެ. އެބޯޓަށް ހޫސީން ހަމަލަތައް އަމާޒުކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!