ސައުދީ އަރަބިއްޔާ އާއި ގަތަރުން ސީރިއާގެ ދަރަނި ދައްކައިފި ކަމަށް ވޯލްޑް ބޭންކުން އިއުލާން ކޮށްފިއެވެ. ވޯލްޑްބެންކުން ބުނެފައި ވަނީ، ސޫރިޔާގެ 15.5 މިލިއަން ޑޮލަރުގެ ދަރަނި މިހާރު އެއްކޮށް ޚަލާސް ކުރެވިފައިވާ ކަމަށެވެ.
ސޫރިޔާގެ 14 އަހަރުގެ ދާޚިލީ ހަނގުރާމަ ނިމުމާއި ދރަނި ދެއްކުމާއި ދަތި ކުރުމުގެ ފިޔަވަޅުތައް ފިލުވުމުގެ ސަބަބުން ބައިނަލްއަގްވާމީ މާލީ އިދާރާތކުން އިތުރު ދަރަނި ހޯދުމަށް ސޫރިޔާއަށް މަގުފަހި ވެގެން ދާނެއެވެ.
މި ފައިސާތައް ދައްކާ ފައި ވަނީ، މޭ މަހުގެ 12 ވަނަ ދުވަހު ކަމަށްވެއެވެ.
އަލަވީ ދަރިކޮޅުގެ ރައީސް ބައްޝާރުލް އަސަދުގެ އާއިލީ ވެރިކަން ވައްޓާލުމާ ގުޅިގެން ސީރިއާގެ އިގްތިސާދީ ކުރިއެރުމަށް އެހީތެރިވާނެ ކަމަށް ސައުދީ އަރަބިއްޔާ އާއި ގަތަރުން އިއުލާން ކުރީ މިދިޔަ އޭޕްރީލް މަހު އެވެ.






