އީރާނަށް ޖާސޫސްކޮށްދިން ސޮރަކު ހިފަހައްޓައިފި

އިޒްރޭލުގެ އަސްކަރީ ތަންތަނުގެ ފޮޓޯ ނަގައި މައުލޫމާތު ފޯރިކޮށްދިން ކަމުގެ ތުހުމަތުގައި އުމުރުން 16 އަހަރުގެ ޔަހޫދީއަކު އިޒްރޭލުން ހައްޔަރުކޮށްފިއެވެ. ފުލުހުންނާއި ޝިން ބެޓް ސެކިއުރިޓީ ސަރވިސްއިން ބުނެފައިވަނީ އޭނާ އީރާނުން ފައިސާ ލިބޭގޮތަށް ޤައުމީ ސަލާމަތަށް ގެއްލުންވާ ފަދަ ޙަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.

އޭނައާ މުއާމަލާތު ކުރި އީރާނު މީހުން އޭނާއށް ފޯނެއް ގަނެދީ، އެމީހުންނާ މުއާމަލާތް ކުރެވޭނެ އެޕްލިކޭޝަނެއް ޑައުންލޯޑް ކުރުމަށް އެދިފައިވާ ކަމަށްވެސް ތުހުމަތުކޮށްފައި ވއެވެ.

އެ ޒުވާނާއަށް ތުހުމަތު ކުރެވެނީ، ވަކި ތަންތަން ފޮޓޯނެގުމާއި، އަދި ހަމަނުޖެހުން އުފެދޭފަދަ ލީފްލެޓްތައް ޕްރިންޓް ކޮށް ހިތްޕުމެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، ތުހުމަތު ކުރެވޭ ޒުވާނާ ބޭރަށް ދަތުރުކުރި އިރު، އީރާނުގެ މީހުންނާ އެކު ބައްދަލުވުންތަކެއް ބާއްވާފައި ވެއެވެ.

އަދި އީރާނުގެ އެޖެންޓުންނާ ގުޅުން ބަހައްޓާ ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހިއްސާ ކުރައްވާ!