ފަހިތު އިޒްރޭލު އެއާޕޯޓު ބަންދު ކުރުމަށް މަޖުބޫރުކޮށްފި

މިއަދުގެ ފަތިސްގަޑީގައި އިޒްރޭލުގެ އެއާޕޯޓު ބަންދު ކުރުމަށް ޔަމަނުގެ އަންސާރުﷲ ހޫސީން އިޒްރޭލަށް މަޖޫބުރުކޮށްފިއެވެ. އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަތިސްގަޑީގައި ޔަމަނުން ބެލެސްޓިކް މިސައިލެއް ފޮނުވާލުމުން، ބެންގޫރިއޮން އެއާޕޯޓަށް ޖައްސާ ބޯޓުތަކާއި ފުރާ ބޯޓުތައް މަނާކޮށް އިރުކޮޅަކަށް އިޒްރޭލުން އެއާޕޯޓު ބަންދުކޮށްލިއެވެ.

މާޗް 18 ގައި އިޒްރޭލުން ހަމަލަ ދޭން ފެށުމުން، ޔަމަނުން ވަނީ އިޒްރޭލަށް ހަމަލަ ދިނުން އިތުރުކޮށްފައެވެ. އެ ތާރީޚުން ފެށިގެން މިހާތަނަށް، ޔަމަނުން ވަނީ 35 ބެލެސްޓިކް މިސައިލާއި 10 ޑްރޯނުން ހަމަލަ ދީފައެވެ.

މީގެ ދެ ދުވަސް ކުރިން ވެސް ޔަމަނުގެ ސިފައިން ވަނީ ބެން ގުރިއަން އެއާޕޯޓަށް އަމާޒުކޮށްގެން އަޑަށް ވުރެން ބާރަށް ދަތުރުކުރާ މިސައިލުން ހަމަލަ ދިނުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.

ހިއްސާ ކުރައްވާ!