ޔަމަނުގެ އަންސާރުﷲ އިން އިޒްރޭލަށް ދެމުންދާ ހަމަލަތައް މިހާރަށް ވުރެން ޕްރޮފެޝަނަލް ފެންވަރެއްގައި ދިނުމުގެ ގޮތުން، ހަމަލަ ދިނުމުގެ ކުރިން އެހަމަލަ ދޭނެ ކަމުގެ އިންޒާރެއް ދިނުމަށް ނިންމައިފިއެވެ. އެހެންވެ، ޙޫޘީން މިހާރު އިޒްރޭލަށް މިސައިލް ޙަމަލާ ދިނުމުގެ ކުރިން އާންމުކޮށް އިންޒާރު ދެއެވެ. މިއީ ޔަމަނަށް ޙަމަލާ ދިނުމުގައި އިޒްރޭލުން ވެސް ދުރާލާ އިންޒާރު ދޭތީ އިންސާފުވެރިކަމާއެކު ހަމަލަ ދިނުމުގެ ގޮތުން ކުރަން ފަށާފައިވާ ކަމެކެވެ. ޔަމަނުން ބުނެފައި ވަނީ މި ގޮތަށް އިންޒާރު ދޭން ފެށުމުން ބިންގަރާހަށް ވަންނަން ޔަހޫދީން ދުއްވައި ގަންނައިރު އެމީހުންނަށް ރަނގަޅަށް ހެދުންލައި ނިވާވާން ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
އަންސާރުﷲ ޖަމާއަތުގެ ސްޓްރެޓެޖީއަށް ގެނައި ފާހަގަކުރެވޭ ބަދަލެއްގެ ގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގެރޭގައި ހޫސީން ވަނީ ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުން އާންމުން އަވަހަށް ދުރަށް ޖެހެވޭ ގޮތަށް ގިނަ އިންޒާރުތަކެއް ދީފައެވެ. ޔަމަނުގެ ހޫސީން އަމާޒުކުރާ ތަންތަން ފާހަގަކޮށް، އިންޒާރު ދިނުމުން، ބޭރުގެ ޤައުމުތަކުގެ ރައްޔިތުންނާއި އެއަރލައިންތަކަށް އިޒްރޭލުގެ މައި އެއަރޕޯޓުން ރައްކާތެރިކަން ހޯދޭނެ ކަމަށް ބުނެފައި ވެއެވެ.
ހަމަލަ ދިނުމުގެ ކުރިން ޔަހޫދީންނަށް ނޯޓިސް ދޭން ފަށާފައި ވަނީ 14 މެއި ގައި ބެން ގޫރިއަން އެއަރޕޯޓަށް ޙޫޘީން ދިން އެންމެ ފަހުގެ ޙަމަލާގެ ފަހުންނެވެ. އެ ޙަމަލާގައި އަޑަށް ވުރެން ބާރަށް ދަތުރުކުރާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް އަމާޒުކޮށް ފޮނުވާލި ކަމަށާއި، އޭގެ ސަބަބުން ގާތްގަނޑަކަށް އެއް ގަޑިއިރު ވަންދެން ފްލައިޓްތަކުގެ އޮޕަރޭޝަންތަކަށް ދަތިވި ކަމަށް ބުނެފައިވެއެވެ.
ޔަހޫދީންގެ މައި އެއާޕޯޓަށް 24 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި 3 ހަމަލަވެސް ބައެއް ފަހަރު ދެމުން ދެއެވެ.






