ފަލަސްޠީނު މީހުން ބަނޑަށް ޖައްސާފައި ވަނިކޮށް، އަރަބި ވެރިން ބަޣުދާދުގައި ޖާފަތެއްގައި

މިހާރު މުސްކުޅިވެ، އައިސީޔޫގައި ފަހު ނޭވާގައި އޮތް، އަރަބިންގެ ޖަމުއިއްޔާ، އަރަބި ލީގް އުފެދުނުތާ 80 އަހަރު ފުރުން ފާހަގަކޮށް، ބަޣުދާދުގައި އަރަބި ވެރިން ސައްލާތަކެއް ބާއްވައިފިއެވެ.

މި 80 އަހަރު ފުރުނު މުނާސަބާގެ މަހާސިންތާގެ އެންމެ ފާހަގަ ކުރަނިވި ސިފައަކީ، ޓްރަމްޕަށް ރަން ދޫލައާއި ކާސިޔާތުން އާރިޔާތުންގެ މަރުހަބާއަކުން ޓްރަމްޕް ހިތް އުފާކޮށްދީ ބިލިއަނުން ވިޔަފާރި ދިން އަރަބި ޤައުމުތަކުން މަހާސިންތާއަށް ވަޅޯ ތަރުހީބެއް ދިން ކަމެވެ.

އަރަބި ލީގު އުފެދުނުތާ 80 އަހަރު ފުރުމުގެ މުނާސަބަތުގައި ބަޣްދާދު މަހާސިންތާގައި ހިނއައިސްފައި ތިބި އަރަބި ވެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓެމުން ދިޔައިރު ޒަޔަނިސްޓު ޔަހޫދުން ދިޔައީ ފަލަސްޠީނުގެ ކުށެއް ނެތް މައުސޫމު ރައްޔިތުންނަށް ބޮން އަޅަމުންނެވެ. ގަތުލުއާންމު ހިންގަމުންނެވެ.

ބިރަކާ ނުލައި ޒަޔަނިސްޓުން ގަތުލުއާންމު ހިންގި އެދުވަހަކީ، އޭގެ ކުރީގެ ދުވަސްތަކާ ޚިލާފަށް އަނިޔާވެރިކަން ބޮޑު ދުވަހެކެވެ. ކެންސަރެއް ފަދައިން މެދުއިރުމަތީގައި ދޮންމީހާ އިންދައިފައިވާ ޔަހޫދީ ޖިސްމުން އަރަބިންނަށް ހައްގު މަގާމު ސާބިތުކޮށްދޭ ފަދައެވެ.

ޣައްޒާއަށް ދެމުންދިޔަ އަނިޔާވެރިކަމަށް ހަމްދަރްދީއެއް ފާޅުކޮށްފައި ނުވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަރުހަބާ ކީ ގައުމުތަކުން 80 އަހަރު ފުރޭ މުނާސަބާގައި ދެއްކީ އެއްބައިވަންތަ ކަމެއް ނޫނެވެ.

ހިއްސާ ކުރައްވާ!