ވިކިލީކްސް ވެބްސައިޓްގެ ބާނީ ޖޫލިއަން އެސާންޖް، ވަނީ، އިސްރާއީލުން ޣައްޒާއަށް ދެކޮޅަށް ކުރާ ހަނގުރާމައިގައި ޝަހީދުކޮށްފައިވާ 4،986 ފަލަސްޠީނު ކުޑަކުދިންގެ ނަންތައް ލިޔެފައިވާ ޓީޝާޓެއް ލައިގެން، ކާން ފިލްމު ފެސްޓިވަލްގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.
އެސާންޖްއަށް އެހީތެރިވާ ކޮމިޓީގެ އެކައުންޓުން އިއްޔެ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފްރާންސްގައި ބޭއްވޭ ކާން ފިލްމު ފެސްޓިވަލްގައި އޭނާ ބައިވެރިވެފައިވަނީ އެސާންޖްއާ ބެހޭ ޑޮކިއުމެންޓަރީ ފިލްމެއް ކަމަށްވާ "ދަ ސިކްސް މިލިއަން ޑޮލަރ މޭން" ދެއްކުމަށް ކަމަށެވެ.
އަދިވިކިލީކްސް ވެބްސައިޓްގެ ބާނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި އިސްރާއީލުން މަރާލާފައިވާ 5 އަހަރުން ދަށުގެ 4،986 ކުޑަކުދިންގެ ނަންތައް ލިޔެފައިވާ ޓީޝާޓުގައި ފެސްޓިވަލްގައި ބައިވެރިވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ގަމީހުގެ އަނެއް ފަރާތުގައި "އިސްރާއީލް ހުއްޓުވާ" މިހެން ލިޔެފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.






