ދިވެހި އިންޝޫރެންސް ކުންފުންޏަށް 40 އަހަރު

އެލައިޑުން ކަސްޓަމަރުންގެ އަގު ވަޒަންކޮށްފިއެވެ. ޖެން ހޮޓެލްގައި ބާއްވާފައިވާ "އެލައިޑް 40 – މައިލްސްޓޯންސް އެންޑް މުމެންޓަމް" ގެ މަގްސަދަކީ، އެ ކުންފުނީގެ ކާމިޔާބު ދިގު މާޒީގެ ފަހަތުގައިވާ ޚިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް ޚިޔާލު ބަދަލުކޮށްލުން ކަމަށް އެކުންފުނިން ބުނެއެވެ.

އެލައިޑުގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ވެސް ރިބްރެންޑް ކޮށް އެކަންވެސް ވަނީ އިއުލާން ކޮށްފައެވެ. މިއހާރު އަޔާދީ ތަކާފުލަކީ،  "އެލައިޑް ތަކާފުލް"އެވެ.

އޭގެ އިތުރުން، މި އަހަރު އެލައިޑުން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އުފެއްދުންތައް ކަސްޓަމރުންނާ ޙިއްސާކޮށްފައި ވެއެވެ. އޭގެ ތެރޭގައި، ކްރިޓިކަލް އިލްނެސް ކަވަރ، ސައިބަރ، އިންޝުއަރެންސް ކަވަރ އަދި އެމްޕްލޯޔާސް ލައިބިލިޓީ ކަވަރ ފަދަ ޕްރޮޑަކްޓްތައް ހިމެނެ އެވެ.

އެލައިޑުގެ ވިސްނުމަކީ، ޒަމާނީ ބަދަލުތަކަށް ފެތޭ ގޮތަށް ޕްލޭންތައް ފަރުމާކުރަމުން ގެންދިއުމެވެ.

40 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި، އިވެންޓްގައި ބައިވެރިވު ކޮންމެ ބައިވެރިއަކަށް އެލައިޑުން ވަނީ ޚާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާކޮށްފައެވެ. އެއީ، 150،000 ރުފިޔާގެ އަގުހުރި، ގޭތެރޭގައި ހުންނަ މުދާ ރައްކާތެރިކުރާ ޕްލޭނެކެވެ.

ހަފްލާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އެލައިޑުން ވަނީ އެމެރިކާއާއި ކެނެޑާ ނުހިމެނޭ ގޮތަށް، އެއް އަހަރުގެ ދުވަހުގެ ޓްރެވަލް އިންޝޫރެންސް ޕްލޭނެއް ވެސް ހަދިޔާކޮށްފައެވެ. މިއީ، ބޭރު ދަތުރުތަކުގައި ކުރާ ސިއްހީ ފަރުވާގެ ހޭދައާއި ދަތުރު ޑިލޭވުން އަދި ކެންސަލްވުން ނޫނީ ލަގެޖު ގެއްލުން ފަދަ ކަމަށް ބަދަލު ލިބޭ ޕްލޭނެކެވެ.

ހިއްސާ ކުރައްވާ!