މިނިވަން ކޮށްފަ އަނެއްކާވެސް ރައުދު ފުލުހުންގެ ބަންދަށް

ހައްވާ ޔުމްނު ރަޝީދު، 21އ، ވެއްޓުނު ހާދިސާގެ މައްސަލާގައި ބަންދުގައި ބެހެއްޓި، ރައުދު އަހުމަދު ޒިލާލް، 21އ މިއަދު ދޫކޮށްލުމަށް ފަހު އައު އަމުރެއްގެ ދަށުން އޭނާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ރައުދު ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައެވެ. އޭނާ ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ކުރިން ހަތަރު ތުހުމަތެއް ފުލުހުން ކުރެއެވެ.

އެއީ މަސްތުގެ ހާލަތުގައި ހުރުމާއި، ހާދިސާގައި ބައިވެރިއަކަށް ވުމާއި، ޖިންސީ ކުށަކަށް އަރައި ގަތުމާއި، ހެކި ނައްތާލުމުގެ ތހުމަތެވެ.

ފުލުހުން ރައުދު ދޫކޮށްލި އިރު އޭނާގެ ބަންދަކީ ގާނޫނާ ޚިލާފް ބަންދެއް ކަމަށް ބުނެ ހުށަހެޅި މައްސަލާގެ އަޑުއެހުމެއް މިއަދު ހައިކޯޓުގިއ ތާވަލް ކޮށްފައި އޮތެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލް ރިއާސަތު ބަލަހައްޓަވާ ބެންޗުގައި ދެނ ތިއްބެވީ، ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި، ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

ފުލުހން އޭނާ ދޫކޮށްލާފައި ވާތީ ރައުދުގެ ފަރާތުން މައްސަލަ ބާޠިލު ކުރުމަށް އެދުމުން އެ މައްސަލަ ބާޠިލު ކުރީއެވެ.

ހިއްސާ ކުރައްވާ!