އިލްހާން އުމަރު ގޮނޑިން ބޭލުމަށް ޔަހޫދީން ޚާއްސަ މަސައްކަތެއް ފަށައިފި

"ދި އިންޓަރސެޕްޓް" ވެބްސައިޓުން އަކީލާ ލީސީ ތައްޔާރުކުރި ރިޕޯޓެއް ޝާއިޢުކޮށްފައިވެއެވެ. އެ ރިޕޯޓުގައި އެމެރިކާ-އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީ "އައިޕެކް" އިން

އެމރިކާގެ ކޮންގްރެސްގެ މެމްބަރު އިލްހާން އުމަރުގެ ބޯކޮޅު ބަލަމުން ޔަހޫދީންގެ ޖަމުއިއްޔާ އައިޕެކް އިން މަސައްކަތް ކުރަމުންދާ ކަމަށް "ދި އިންޓަރސެޕްޓް" އިން ރިޕޯޓުކޮށްފިއެވެ. އައިޕެކްއަކީ އެމެރިކާ ކޮންގރސްގެ މެމްބަރުންނާއި އެމެރިކާ ސަރުކަރުގެ މަސްއޫލުވެރިންނަށް ނުސީދާކޮށް ރިޝްވަތު ދީގެން އިޒްރޭލާއި ޒަޔަނިސްޓުން ބޭނުންވާ ގޮތަށް ކަންކަން ކުރުވާ ޚާއްސަ ޖަމުއިއްޔާއެވެ.

ޒަޔަނިސްޓުންނާއި އިޒްރޭލަށް ތާއީދުކުރާ ޔަހޫދީ މިލިއަނަރުންގެ ފަރާތްތަކާއި އަދި ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ މިލިއަނަރުންނާއި އެވެރިންގެ ފައިސާ ދޭ ޖަމާޢަތަކުން ތާއީދުކުރާ ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް އެހީވަމުން އެމީހުން ދަނީ އިލްހާން އުމަރުގެ ގޮނޑި ގެއްލުވާލުމަށް މަސައްކަތް ކުރަމުން ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މިކަން ފެށުނީ ޑިމޮކްރެޓިކް މެންބަރު ޢުމަރުގެ ދާއިރާގެ ވޯޓުދޭ މީހުންނަށް ފޮނުވުނު ސާރވޭއަކުންނެވެ. އެ ސާވޭ ދިރާސާ ކުރި ނޫސްވެރިން ބުނެފައި ވަނީ އޭގައި "އައިޕެކް" ގެ އިސްތިރާޖީގެ ސިފަތައް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ފޮނުވި ސާރވޭގައި، އިންތިޚާބީ ކެމްޕޭނުތަކުގައި އާންމުކޮށް ކުރެވޭ ވޯޓުލާ މީހުންގެ ވިސްނުން ހުރިގޮތް ދެނެގަތުމުގެ ސުވާލުތައް ހިމެނިފައިވެއެވެ. ސާރވޭ ފަށާފައި ވަނީ އިލްހާން ޢުމަރާއި ރަޔާން ވިންކްލަރއާ އަޅާ ކިޔަމުންނެވެ. ވިންކްލަރ އަކީ ޔަހޫދީ ފައިސާއިން ހޮވިފައިވާ މިނެސޯޓާ ސްޓޭޓް ތަމްސީލު ކުރިން ކުރީގެ މެމްބަރެވެ.

ސާރވޭގައި އިލްހާން އުމަރަށް އެޓޭކް ކުރުމަށް އޭނާގެ އާއިލާގެ މުސްލިމުންނަށް ވުމާއި އޭނާގެ އާއިލާ ސޯމާލިއާން ހިޖުރަ ކުރުން ފަދަ ކަންކަމަށް އިޝާރާތް ކޮށްފައި ވެއެވެ.

އަދި އެމެރިކާއށް އައި އިރު އޭނާގެ އުމުރު 8 އަހަރު ކަމާއި މިނެސޯޓާއަށް އައުމުގެ ކުރިން ކޭމްޕެއްގައި ދިރިއުޅުނުކަމާއި، ކޮންގްރެސްއަށް އިންތިޚާބުވުމުގެ ކުރިން ޕޮލިސީ އޯގަނައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި ކަން އެނގޭތޯ ފަދަ ސުއާލުތައް އަހާފައި ވެއެވެ.

ސުއާލުތައް ބައްޓަން ކޮށްފައިވަނީ އޭނާއާ މެދު މީހުންގެ މެދުގައި ނަފްރަތު އުފައްދައި ވާދަވެރި ކެންޑިޑޭޓަށް ސަޕޯޓު ހޯދޭ ގޮތަށެވެ.

އުސްތާޛް ކިމް ކާޑޭޝިއަން 4 ވަނަ ބުރުން ބާރ އެގްޒާމްއިން ފާސްވެއްޖެ

 

ހިއްސާ ކުރައްވާ!