ތުރުކީވިލާތުގެ ރައީސް ރެޖެޕް ޠައްޔިބް އެރްދުޣާން ވަނީ އިތުރު ދައުރަކަށް ރައީސްކަމަށް ކުރިމަތި ނުލައްވާނެކަމަށް އިޢުލާނުކުރައްވާފައެވެ. މިއީ 2028 ގައި ނިމޭ މިހާރުގެ ރިއާސީ ދައުރަކީ މިހާރުގެ ޤާނޫނުތަކުގެ ދަށުން އޭނާގެ އެންމެ ފަހު ދައުރެވެ.
އެރްދުޣާން ވަނީ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މުހިންމު ކަން ފާހަގަކުރައްވާފައެވެ. އަދި 1980 ގައި ސިފައިން ގެނައި ބަޣާވާތަށްފަހު އެކުލަވާލެވުނު މިހާރުގެ ޤާނޫނުއަސާސީއަކީ "ބަޣާވާތް ކުރި މީހުންގެ" އުފެއްދުމެއްކަމަށް ވިދާޅުވެ، އެރްދުޣާން ވަނީ ފާޑު ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އައު ޤާނޫނުއަސާސީ ބޭނުން ވަނީ އަމިއްލަ ވާދަވެރިކަމަށް ނޫނެވެ. ނަމަވެސް ތުރުކީވިލާތުގެ މަންފާއަށް ކަމަށެވެ.
އަދި "އަހަރެން އަލުން އިންތިޚާބަށް ކުރިމަތި ލެއްވުމުގެ ޝައުޤުވެރިކަމެއް ނެތް" ކަމަށް ވިދާޅުވިއެވެ.
އެރްދުޣާން ހުށަހަޅުއްވާ އިސްލާހީ މަސައްކަތުގެ ތެރޭގައި ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ) އާއެކު އެތައް އަހަރެއް ވަންދެން ދެމިގެންދިޔަ ހަމަނުޖެހުން ހައްލުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ދެން އޮންނަ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2028 ގައެވެ.
މިވާހަކައަކީ ތުރުކީވިލާތުގެ ސިޔާސީ މަސްރަޙުގައި ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ. އެހެނީ 2003 އިން ފެށިގެން ވެރިކަމުގައި އިސްކޮށް ހުންނެވި
އެރްދުޣާން މިހާރު މަސައްކަތްކުރައްވަނީ ޤާނޫނުއަސާސީ އިޞްލާޙު ކުރައްވައި ދެމިގެންދާނެ ސިޔާސީ ތަރިކައެއް ދޫކޮށް ލައްވާށެވެ.




