އިނގިރޭސި ޝާހީ އާއިލާގެ މެދުގައި އަލުން ގުޅުން ރަނގަޅުކުރުމާ ބެހޭގޮތުން އިނގިރޭސި ވަލީ ޢަހުދު ހެރީ ދާދިފަހުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ޕްރިންސް ވިލިއަމް ވަނީ ހެރީގެ ނިޔަތާ މެދު ސަމާލުވެ ވަޑައިގެންފައެވެ. މިކަން މިހެން ދިމާވެފައިވަނީ 2025 ވަނަ އަހަރުގެ ސަންޑޭ ޓައިމްސް ރިޗް ލިސްޓުން ކިންގް ޗާލްސްގެ މުދާވެރިކަން 1.3 ބިލިއަން ޑޮލަރުގައި ހުރިކަން ހާމަ ކުރުމާ ގުޅިގެންނެވެ.
އަމިއްލަ މުއްސަނދިކަން 100 މިލިއަން ޑޮލަރު ކަމަށް ލަފާކުރެވޭ ހެރީ ވަނީ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާގެ ބައްޕައާއެކު ގުޅުން އަލުން ރަނގަޅުކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ޗާލްސް ވަނީ ހެރީއާ ވާހަކަ ދެއްކެވުން ހުއްޓާލައްވާފައެވެ.
ގަނޑުވަރުތެރޭގެ މަޢުލޫމާތު ދޭ ފަރާތަކުން ބުނެފައިވާ ގޮތުގައި، ހެރީއާއި، ޗާލްސްއާއި އަދި ވިލިއަމްގެ މެދުގައި އޮތް އިތުބާރު މިހަރު ވަނީ "މުޅިން ގެއްލިފައި" އެވެ. އޭނާގެ ބައްޕައާއި ބޮޑުބޭބެއާ އަޅާބަލާއިރު އަމިއްލަ މުއްސަނދިކަން ކުޑަކަން މިހާރު ހެރީއަށް އިޙުސާސް ކުރެއްވެއެވެ.
އާއިލީ ގުޅުންތަކާ ހެދި، ޗާލްސް ވަނީ ހިތްނުތަނަސްވެ ވަޑައިގެންފައި ކަމަށާއި، ނަމަވެސް ވިލިއަމްގެ ޝައްކުތަކާ އެއްގޮތަށް ޗާލްސް ރަސްގެފާނުގެ ވިސްނުންފުޅުވެސް ބަދަލުވަމުންދާ ކަމަށް ހާމަ ކުރައްވައެވެ.
މި ހުރިހާ ކަމެއްގެ ސަބަބުން ޝާހީ ޢާއިލާގެ މެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވެއެވެ.







