ޓައިވާނުން ބާރުއަޅަނީ ސުލްހައަށް

ޓައިވާންގެ ފޮރިން މިނިސްޓްރީން ވަނީ އޭޕްރީލް 22 ވަނަ ދުވަހު ކަޝްމީރުގައި ދިން މަރުގެ ހަމަލާއަށް ފަހު ޓެރަރިޒަމް ކުށްވެރިކޮށް، އިންޑިއާގެ ދިފާއު ވުމުގެ ހައްގަށް ތާއީދުކޮށްފަ އެވެ. ޓައިވާންގެ މި ބަޔާނަކީ ޓެރަރިޒަމާ ދެކޮޅު ޑިމޮކްރެޓިކް ގައުމުތަކާ އެއްގޮތް ބަޔާނެއް ކަމަށާއި، ސަރަހައްދީ ހަމަނުޖެހުން އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރާ ބަޔާނެއް ކަމަށް ތައިވާނުން ބުނެއެވެ.

އެއީ ޕާކިސްތާނުގެ އެކުވެރި ޗައިނާއާ އެކު ޓައިވާންގެ އަމިއްލަ ގޮންޖެހުންތަކުގެ ތެރޭގައި މުހިންމު ބައިވެރިއެއް ކަމަށްވާ އިންޑިއާއާ ގުޅުން ބަދަހިކުރުމަށް ދެވޭ މެސެޖެއް ކަމަށް ބެލެވެއެވެ. އަދި އިތުރު ހަމަނުޖެހުންތަކުން ސަލާމަތްވުމަށްޓަކައި ސުލްހަވެރިކަމާއެކު މަޝްވަރާ ކުރުމަށް ޓައިވާންގެ ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޓައިވާންގެ ސްޓޭންޑުން ދުނިޔޭގެ ސަލާމަތާއި ޑިމޮކްރެޓިކް އަގުތަކަށް ވައުދުވެފައި ވާއިރު، ޗައިނާ އާއި ޕާކިސްތާންގެ އޮޅުން ބޮޅުން ބޮޑު ޖިއޮޕޮލިޓިކްސްގައި ސުލްހައާއި ސިލްމުގެ މުހިންމު ކަން ޓައިވާނަށް އެނގޭކަމަށް ބުނެއެވެ. އެހެންވެ، ޓައިވާނުން ވަކާލާތު ކުރަނީ ހަމަޖެހުމަށެވެ.

ހިއްސާ ކުރައްވާ!