ޝާރުޖާ ފޯރަމް 2025ގެ ޝަރަފްވެރި މެހުމާނަކަށް ރާއްޖެ ހަމަޖައްސައިފި

ސަގާފީ ވާހަކަތައް ދިރުވައު، ތުންތުންމަތިން އައިސްފައިވާ ޒަމާންވީ ވާހަކަތައް އާލާކުރުމަށް ހިތްވަރު ދިނުމަށް ކޮންމެ އަހަރަކު ޔޫއޭއީގެ ޝާރިޖާގައި ބާއްވާ ބައިނަލްއަޤްވާމީ މެހުފިލުގެ މިއަހަރުގެ ޝަރަފްވެރި މެހުމާނަކަށް ވުމަށް ރާއްޖެއަށް ދައުވަތުދީފިއެވެ.

25 ވަނަ ޝާރުޖާ އިންޓަނޭޝަނަލް ނެރޭޓަރ ފޯރަމްގެ ޝަރަފުވެރި މެހެމާނަކަށް ރާއްޖެ ހަމަޖެއްސުމަށް ދައުވަތު ދެއްވީ، ޝާރުޖާ އިންސްޓިޓިއުޓް ފޯ ހެރިޓޭޖަށް ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ޙުސައިން ޝަރީފް ކުރެއްވި ޒިޔާރަތުގައެވެ.

ޝާރުޖާ އިންސްޓިޓިއުޓް ފޯ ހެރިޓޭޖަށް ކުރެއްވި ޒިޔާރަތުގައި ސަފީރު މުހައްމަދު ޙުސައިން ޝަރީފަށް މަރުޙަބާ ދެންނެވީ، އެ އިންސްޓިއުޓްގެ ރައީސް ޑރ. ޢަބްދުލް ޢަޒީރު އަލްމުސައްލަމް އެވެ.

"މި އިންސްޓިޓިއުޓުގައި މެހެމާނެއްގެ ގޮތުގައި ސަފީރު ހޯސްޓް ކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިއީ މާއްދީ ނޫން ސަގާފީ ތަރިކަގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާކޮށް ވާހަކަ ކިޔައި ދިނުމަށާއި ބޯދާ ވާހަކަ ޒަމާނަށް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ތަޖުރިބާ ބަދަލުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް. ރާއްޖޭގެ ވާހަކަ ކިޔައިދިނުމުގެ މުއްސަނދި މުއްސަނދި ސަގާފަތުގެ އަގު އަޅުގަނޑުމެން ވަޒަން ކުރާ ކަން ދައްކައިދޭ ކަމެއް" ސަފީރު މުންދުއާ ބައްދަލު ކުރައްވައި ޑރ. މުސައްލަމް ވިދާޅުވިއެވެ.

ޝާރުޖާ އިންޓަނޭޝަނަލް ނެރޭޓަރ ފޯރަމަކީ، ރާއްޖޭގެ މުއްސަނދި ވާހަކަ ކިޔައިދިނުމުގެ ތަރިކަކަމަށްވާ، ދޮހިޔަލަ ވާހަކައާއި ފޫޅުދިގު ހަނޑީގެ ވާހަތައް ފަދަ މުއްސަނދި ޖަޒީރާ ވަންތަ ދިރިއުޅުމުގެ ވާހަކަ ދުނިޔެއަށް ދައްކައި ލުމަށް ލިބޭ މުހިންމު ފުރުސަތަކަށް ވެގެން ދާނެއެވެ. ވާހަކަ ކިޔައިދިނުމުގެ ސަގާފަތް އާލާކުރުމަށް، ބާއްވާ މި ފޯރަމަކީ، 2001 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ފޯރަމެކެވެ. މި ފޯރަމްގައި 38 ގައުމަކުން އެއްތަންވެ، ސަގާފީ ވާހަކަތައް ޙިއްސާ ކުރެއެވެ.

ބަވަނަވަމުންދާ ދުނިޔޭގައި، އަނގަބަހުން ވާރުތަވަމުން އައިސްފައިވާ ސަގާފަތަށް ނުރައްކާ ކުރިމަތިވި ނަމަވެސް ޝާރުޖާ ފޯރަމްފަދަ މެހުފިލްތަކުން މާއްދީ ނޫން ސަގާފަތް ދަމަހައްޓައި އާލާ ކުރުމަށް ހިތްވަރު ދެއެވެ.

ރާއްޖެއިން ޝާރުޖާ ފޯރަމް 2025ގެ ޝަރަފްވެރި މެހުމާނަކަށް ވުމަށް ދެއްވި ޤަބޫލު ކުރައްވަމުން ސަފީރު ވިދާޅުވީ، "މިއީ އަޅުގަނޑުމެންގެ ކަނޑުގެ ސަގާފަތުގެ މުއްސަނދި ވާހަކަތައް ދުނިޔޭގެ ފެންވަރުގައި ހިއްސާކުރުމަށް ލިބިގެންދާ ފަޚުރުވެރި ހިނދުކޮޅެއް" ކަމަށެވެ.

ހިއްސާ ކުރައްވާ!