އިސްރާއީލުގެ އުދުބވާނީ ހަމަލާތަކުގައި އީރާނުގެ ހަ ނިއުކްލިއާ ސައިންސްވެރިން ޝަހީދުވެފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ދަނީ ރިޕޯޓް ކުރަމުންނެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާތަކުގައި ހަ ސައިންސްވެރިން ކަމަށްވާ އަބްދުލްހަމީދު މަނޫޝެހްރު، އަހުމަދުރިޒާ ޒުލްފަޣާރީ، ސައީދު އަމީރުހުސައިން ފަގީރު، މުްތަލިބު ޒާދޭ، މުހައްމަދު މެހްދީ ތެހެރާންޗީ އަދި ފެރެއިދޫން އައްބާސީ ޝަހީދުކޮށްފައިވާ ކަމަށް ބުނެއެވެ.





