ފްރާންސް: އިޒްރޭލުން އަމިއްލަ ނަފްސުގެ ދިފާއުގައި އީރާނަށް ހަމަލަ ދެވިދާނެ

ފްރާންސުން ވަނީ އިޒްރޭލުން ބޭނުންނަމަ އަމިއްލަ ނަފްސްގެ ދިފާއުގައި އީރާނަށް ހަމަލަ ދެވިދާނެ ކަމަށް މިއަދު ބުނެފައެވެ.

ފްރާންސަކީ އީރާނަށް ހަމަލަ ދިނުމަށް ހިތްވަރުދީ، އިންޓަރނޭޝަނަލް އެޓޮމިކް އެނެޖީ އެޖެންސީގައި އީރާނާ ދެކޮޅަށް ވޯޓުލީ ގައުމެކެވެ.

އިޒްރޭލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން އަމިއްލަ ނަފްސު ކޮންޓްރޯލު ކޮށް ރައްދު ހަމަލަ ނުދިނުމަށްވެސް ފްރާންސުން ވަނީ އީރާނަށް ގޮވާލާފައެވެ.

އެހެންނަމަވެސް ހުރިހާ ހަމަލާއަކުން ދިފާއުވުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ޕެރިހުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށްވެސް ފްރާންސުން ބުނެފައި ވެއެވެ

ހިއްސާ ކުރައްވާ!