އިޒްރޭލުން އަމިއްލަ ހަލާކަށް މަރުހަބާ ކިޔައިފި

އީރާނު މީހުން ހުކުރު ނަމާދަށް ތައްޔާރު ވަމުން ދާއިރު މަގުތަކުގައި އިޒްރޭލާ ދެކޮޅު ބެނާތައް ބަހައްޓައިފިއެވެ.

މި ބެނާތަކުގައި ފާރިސީ ބަހުން ބުނަނީ: އިޒްރޭލުން އަމިއްލަ ހަލާކަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

އީރާންގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ގަލީބާފްވެސް ވިދާޅުވެފައި ވަނީ ބަދަލު ހިފުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އީރާންގެ ބައެއް މިސްކިތްތަކުގައި އީރާނުން ހަނގުރާމަ އިއުލާން ކުރުމަށް ނަގާ ކަޅު ދިދަތައް މިހާރު ވަނީ ނަގަން ފަށާފައެވެ.

ހިއްސާ ކުރައްވާ!