އިޒްރޭލުން އީރާނަށް ހަމަލާދޭން ރާވާފައިވާކަން އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީ އާއި ފޮރިން އޮފީހުގެ އޮފިޝަލުންނަށް ކުރިން އެނގިފައިވާ ކަމަށް ސްކައި ނިއުސް އިން ބުނެފިއެވެ.
އިނގިރޭސި ސަރުކާރުގެ ތެރެއިން މައުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާ ދީ ބނެފައި ވަނީ އިޒްރޭލުގެ ޔަހޫދީ ސަރުކާރުން އީރާނަށް ހަމަލަ ދޭން އުޅޭކަން އިނގިރޭސިވިލާތަށް ރަސްމީކޮށް އަންގާފައި ވަނީ ނުރަސްމީ ޗެނަލްތައް މެދުވެރިކޮށެވެ.
ޔަހޫދީންގެ ހަމަލައާ ގުޅިގެން އިނގިރޭސި ސަރުކާރުގެ މަސްދަރަކުން ބުނަނީ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އެމެރިކާއަށް ކުރަން ހަމަޖެހިފައިވާ ދަތުރު ކެންސަލް ކޮށްފައިވާ ކަމަށެވެ.
އިނގިރޭސި ބޮޑުވަޒީރުގެ ތަރުޖަމާނު ވަނީ ހަމަލަތައް ދިނުމުގެ ކުރިން ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ، އިނގިރޭސި ބޮޑު ވަޒީރު ކެއިރް ސްޓާމަރއާ ފޯނުން ވާހަކަ ދެއްކިތޯ އެހުމުން ޖަވާބު ދޭން ދެކޮޅު ހަދާފައެވެ.
ހުކުރު ދުވަހުގެ ފަތިހުއްސުރެ އިޒްރޭލުން އީރާނަށް ދޭ ހަމަލާތައް ކުރިއަށް ގެންގޮސް، ވެރިރަށް ތެހެރާނާއި އެހެނިހެން ޕްރޮވިންސްތަކަށް އަމާޒުކޮށްފައި ވެއެވެ. އޭގައި، 90 އެތައް މީހުން މަރުވެފައި ވެއެވެ. އަދި، ކުޑަކުދިންނާއި އަންހެނުން ވެސް އޭގައި ހިމެނެއެވެ. ޒަޚަމްވެފައިވާ މީހުންގެ ތެރޭގައި 329 އާންމުން ވެސް ހިމެނެއެވެ.
އިޒްރޭލުން މި ހަމަލަ ދީފައި ވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. މިއާއެކު އޒްރޭލުގައިވެސް ތަފާތު ކުރުމަކާއި ނުލައި އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލަ ދިނުމަށް އީރާނަށްވެސް ފުރުސަތު ލިބިގެން ދިޔައީއެވެ.





