އީރާނުން ހާމަކޮށްފައިވާ ސިއްރު ލިޔުންތަކަކުން، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓަރ ޖެނެރަލް ރަފާއެލް ގްރޮސީއާއި އިޒްރޭލުގެ އިސް ވެރިންނާ ދެމެދު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށް ރާވައިގެން މަސައްކަތްކުރާކަން ހާމަވެއްޖެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އީރާނުގެ ސަރުކާރުގެ ޕްރެސް ޓީވީއިންނެވެ.
އެ ލިޔުންތަކުގެ ތެރޭގައި ސިޓީތަކާއި، އީމެއިލްތަކާއި އަދި ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތައް ހިމެނެއެވެ. އީރާނުން ބުނާ ގޮތުގައި މި ލިޔުންތަކުން ހާމަވަނީ ގްރޮސީ އިޒްރޭލުގެ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތްކުރަމުންދާކަމެވެ. ޚާއްޞަކޮށް އައިއޭއީއޭގެ ރިޕޯޓުތައް އެކުލަވާލުމުގައި އީރާނަށް ފޑުކިޔުން އަމާޒުކޮށް ސުވާލު އުފައްދާ ކަމަށާއި، އެ އެޖެންސީގެ އިންސްޕެކްޝަންތަކުގައި އިޒްރޭލުގެ ޑިމޯނާ ފެސިލިޓީގައި ހިންގާ ނިއުކްލިއަރ ހަރަކާތްތަކާ މެދު އެއްވެސް ސުވާލެއް ނުކޮށް ދޫކޮށްލާ ކަމަށެވެ.

މި ލިޔުންތަކަކީ އިޒްރޭލުގެ ސޮރެކް ނިއުކްލިއަރ ރިސަރޗް ސެންޓަރުން އީރާނުން ޖާސޫސްކޮށްގެން ހޯދާފައިޥާ މައުލޫމާތެވެ. މި ޑކޮއިމެންޓްތައް ހޯދި ހާދިސާއަކީ ހަގީގަތެއްކަން ގްރޮސީ ވަނީ އެސޯސިއޭޓެޑް ޕްރެސްއަށް ކަށަވަރުކޮށްދީފައެވެ.
ގްރޮސީއަކީ އާޖެންޓީގެ ޔަހޫދީ ރައީސް މެލީއާ ގާތްގުޅުމެއް ބާއްވާ ކުރީގެ ޑިޕްލޮމެޓެކެވެ.
މި ލިޔުންތައް ހާމަ ކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ. 12 ވަނަ ދުވަހު، އައިއޭއީއޭގެ ބޯޑުން ވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު ފެތުރުމާ ދެކޮޅު މުޢާހަދާއާ ޚިލާފުވެފައިވާކަމަށް ބުނެ ވޯޓުދީފައެވެ. އެއަށްފަހު އީރާނުން ވަނީ އިތުރު ޔުރޭނިއަމް ފައްކާ ކުރާ އައު ސައިޓެއް ހުޅުވާފައިވާ ކަމަށް ބުނެފައެވެ. 13 ވަނަ ދުވަހު އެމެރިކާ އަޑީގައި އޮވެގެން އިޒްރޭލުން ވަނީ އީރާނަށް އުދުވާނީ ހަމަލައެއް ދީފައެވެ.
އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ބުނާ ގޮތުގައި މި ލިޔުންތައް ހޯދާފައިވަނީ އިޒްރޭލުގެ ސިއްރު ފައިލްތަކުންނެވެ. ގްރޮސީ ވެސް ބުނާ ގޮތުގައި މިއީ ސޮރެކް ފެސިލިޓީއާ ގުޅުންހުރި ލިޔުންތައް ކަމެކެވެ.
އައިއޭއީއޭއިން ފާރަވެރި ވަނީ އިޒްރޭލުގެ ސޮރެކް ފެސިލިޓީ އަށެވެ. ނަމަވެސް އިޒްރޭލުން ނިއުކްލިއަރ ބޮމް ބަހައްޓާފައިވާ ޑިމޯނާ ފެސިލިޓީ އަށް ފާރަވެރި އެއް ނުވެއެވެ. އަދި އެ ފެސިލިޓީ އާ ބެހޭ ގޮތުން ސުއާލެއްވެސް ނުކުރެއެވެ. އެހެން ކަމުން އީރާނުގެ ވާހަކަތަކަށް މިކަމުން ބުރަދަނެއް ލިބެއެވެ.






