ނަސްލު ނައްތާލާ އިޒްރޭލަށް ދުވަހަކުވެސް ނުދާނަން: ލޯންލީ ޕްލެނެޓްގެ ބާނީ

އިޒްރޭލަކީ ނަސްލު ނައްތާލައި ޖެނޮސައިޑް ހިންގާ ގައުމެއް ކަމަށާއި ދުވަހަކުވެސް އިޒްރޭލަށް ދަތުރެއް ނުކުރާނެ ކަމަށް ލޯންލީ ޕްލެނެޓް އުފެއްދި ޓޯނީ ވީލަރ ބުނެފިއެވެ. ޣައްޒާގައި ހިންގަމުން ގެންދާ ނަސްލު ނައްތާލުމާއި ބަނޑަށް ޖެއްސުމުގެ ހަނގުރާމައިގެ އަމަލުތައް ކުށްވެރިކޮށް ވީލަރ ވަނީ ބަޔާނެއްވެސް ނެރެފައެވެ.

ލޯންލީ ޕްލެނެޓަކީ ޓްރެވަލް ގައިޑްތަކުގެ ސަބަބުން މަޝްހޫރު ކަން ހޯދި ދަތުރު ފަތުރާ ބެހޭ އިރުޝާދުދޭ ފޮތްތަކުން މަޝްހޫރުކަން ހޯދި ގައިޑްބުކް ޕަބްލިޝަރެކެވެ. މި ވިޔަފާރި ފެށީ، ޓޯނީ އާއި މައުރީން ވީލާ އެވެ. އެމީހުންގެ 1973 ވަނަ އަހަރު އުފެއްދި ކުންފުނި ފެށުނީ ލަންޑަނުން އޮސްޓްރޭލިއާ އަށް އެމީހުން ކުރި އަގު ހެޔޮ ދަތުރުގެ މައްޗަށް ބިނާކޮށް ޝާއިއުކުރި ފޮތް "އެކްރޮސް އޭޝިއާ އޮން ދަ ޗީޕް" އިންނެވެ.

އަގުހެޔޮ ކޮށް ދަތުރުތައް ކޮށް ޒިޔާރަތް ކޮށްލާނެ އިރުޝާދުތައް މިފޮތުގައި އޭނާ ދިނެވެ.

ލޯންލީ ޕްލެނެޓުން ދުނިޔޭގެ ގައުމުތައް ތައާރަފް ކުރުމަށް އެތައް ސަތޭކަ ފޮތެއް ނެރެފައި ވެއެވެ.

2007 ވަނަ އަހަރު ވީލަރސް ވަނީ ކުންފުނީގެ 75 އިންސައްތަ ބީބީސީއަށް 130 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. 2025 އން ފެށިގެން އެ ވިޔަފާރި ގެންގުޅެނީ ރެޑް ވެންޗަރސް އިންނެވެ.

ހިއްސާ ކުރައްވާ!