ޤަތަރުގެ ތެޔޮ ވަޅަކަށް އިޒްރޭލުން ހަމަލަ ދީފި

އިންތިހާއަށް ނުރައްކާތެރި ފިޔަވަޅެއް: އީރާނާއި ގަތަރުގެ ތެޔޮ ވަޅަކަށް ޔަހުދީން ހަމަލަ ދިނުމާ ގުޅިގެން އީރާންގެ ޚާރިޖީވަޒީރު

ގަލްފް ކަނޑުގެ އައްސޭރީގައި ހުރި ބޮޑު ގޭސް ފެސިލިޓީއަކަށް އިސްރާއީލުން ދިން ހަމަލާއަކީ އީރާނުން “ހަނގުރާމަ ފުޅާކުރުމަށް” ކުރި މަސައްކަތެއް ކަމަށް އީރާންގެ ފޮރިން މިނިސްޓަރު ވިދާޅުވެއެވެ.

"ޕާޝިއަން ގަލްފް ސަރަހައްދަށް ހަމަނުޖެހުން ފެތުރުމަކީ ބޮޑު ސްޓްރެޓެޖިކް ގޯހެއް، ގަސްތުގައި އަދި އީރާނުގެ ސަރަހައްދުން ބޭރަށް ހަނގުރާމަ ދިގުކޮށްލުމަށް ގަސްތުކޮށްގެން އިޒްރޭލުން ހެދި ބޮޑު ގޯހެއް،" އައްބާސް އަރަޣްޗީ ވިދާޅުވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ އީރާނުގެ ދެކުނުގެ ބުޝެހްރު ޕްރޮވިންސް ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދުގައި އޮންނަ ސައުތު ޕާސްގައި ހިންގާ ފެސިލިޓީއަކަށް ދިން ހަމަލައަށެވެ. މި ތަނުން އީރާނުގެ އެތެރޭގެ ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް 70 ޕަސެންޓް ފޯރުކޮށްދެ އެވެ.

ސައުތު ޕާސް/ނޯތު ޑޯމް މެގަ ފީލްޑަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ގޭސް ރިޒާވް އެވެ. އެންމެ ގިނައިން ގެސް އުފައްދާ ގަތަރާ އެކު ބޮޑު ދާއިރާއެއް ހިއްސާކުރާ އީރާނުން އަންނަނީ 1990 ގެ އަހަރުތަކުން ފެށިގެން އެތަން ތަރައްގީ ކުރަމުންނެވެ.

ސައުތު ޕާސް ފޭސް 14 ގެ ފެސިލިޓީތަކުގެ ތެރެއިން އެއް ފެސިލިޓީއަށް އިސްރާއީލުގެ ޑްރޯނެއް އަމާޒުކޮށް ހަމަލަ ދިނުމުން އީރާނުގެ މީޑިއާއިން "ބޮޑު ގޮވުމެއް" ގޮވި ކަމަށާއި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މާބެހޭ ފަރާތްތަކުން ބުނީ ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އަރަގްޗީ ސިފަކުރެއްވި ގޮތުގައި މި ހަމަލާއަކީ "އިންތިހާއަށް ނުރައްކާތެރި ފިޔަވަޅެއް" ކަމަށާއި، ގަލްފުގައި އެއްވެސް އަސްކަރީ ހަމަލާއެއް ދިނުމަކީ "މުޅި ސަރަހައްދު – އަދި މުޅި ދުނިޔެ ވެސް އެކަމުގެ ތެރެއަށް ވަދެފާނެ ކަމެއް" ކަމަށް ވެސް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!