އީރާނުން ނިއުކްލިއަރ ޕްރޮގްރާމު ކުރިއަށް ގެންދަނީ ސަލާމަތީ މަޖިލީހުގެ ގަރާރުން ބާރު ލިބިގެން

ކެންސަރެއް ފަދަ ޒަޔަނިސްޓް ވެރިކަމުން އީރާނާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދެމުން ދާއިރު އީރާނުން އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމު ކުރިއަށް ގެންދަނީ އދގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2231 އިން ބާރު ލިބިގެން ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްމާއީލް ބަޤާއީ ވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާދީ ތާރީހުގައި ނުރައްކާތެރި ނަމޫނާއެއް ޒަޔަނިސްޓުން ދައްކާފައިވާ ކަމަށް ވިދަޅުވެފަ އެވެ.

އޭނާ ވިދާޅުވީ އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ނިއުކްލިއާ ނޮން ޕްރޮލިފަރޭޝަން ޓްރީޓީއަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އީރާނުން ލަފާކުރާ ގޮތުގައި ޔޫރަޕްގެ ގައުމުތަކުން އިޒްރޭލުގެ އުދުވާނީ އަމަލު ހުއްޓުވުމަށްވެސް އަދި އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދޭ ހަމަލާތައް ކުށްވެރި ކުރުމަށްވެސް އެއްވެސް ކަމެއް ނުކުރާނެއެވެ.

އޭނާ ވިދާޅުވީ އީރާނުގެ ނިއުކްލިއާ ހަރަކާތްތައް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީން މޮނިޓަރ ކުރަމުންދާ ކަމަށާއި އަދި ހަރުކަށި ގޮތަކަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާ ކަމަށާއި އީރާންގެ ސުލްހަވެރި ނިއުކްލިއަރ ޕްރޮގްރާމަށް ހަމަލަ ދިނުމަށް އެއްވެސް ބަހަނާއެއް ނުވަތަ ހަމައެއް ނެތް ކަމަށެވެ.

ހިއްސާ ކުރައްވާ!