އީރާނުން ހައިފާ ބަނދަރަށާއި ހައިފާގެ ތެޔޮ ސާފުކުރާ މައުކަޒަށް ދިން ކާމިޔާބު ހަމަލަ ވީޑިއޯކޮށް ފޮޓޯ ނެގި މީހުންނާއެކު އިޒްރޭލު ފުލުހުން ތަހްގީގެއް ފަށައިފިއެވެ.
މިމީހުން ފޮޓޯ ނަގާފައި ވަނީ ހޮޓަލުގެ ބެލްކަނީގައި ތިބެގެންނެވެ. ފުލުހުންގެ ވަޒީރު ބްންގްވީރު ވަނީ އިރާނުގެ ކާމިޔާބު އެއްވެސް ހަމަލައެއްގެ ފޮޓޯ ނެގުމަކީ މަނާކަމެއް ކަން އަންގާފައެވެ.
ދާޢީ ޢުމަރު ޢަބްދުލްކާފީ ވިދާޅުވަނީ މުސްލިމުން ވަނީ 1400 އަހަރުގެ ތެރޭގައި ޒާތްޒާތުގެ ބަލާތަކަށް ކެތް ކޮށްފައެވެ. އަދިވެސް މިއުންމަތުގައި ކެތް ކުރުމުގެ ގާބިލުކަން އެބަ ހުއްޓެވެ. އޭނާ ވަނީ އިބްނު ތައިމިއްޔާ ވިދާޅުވި މިބަސްފުޅު ހަނދާނަށް ގެނަސްދެއްވާފައެވެ.
"އަހަރެންގެ ދުޝްމަނުން އަހަރެންނަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ އެމީހުން އަހަރެން ޖަލަށް ލައިފިނަމަ، އަހަރެންގެ ޖަލަކީ، މާތްالله ގެ ހަޟްރަތަށް އެކަނި ވެރިވެ ލުމެވެ. އެމީހުން އަހަރެން އަހަރެންގެ ޤައުމުން ބޭރުކޮށްލައިފިނަމަ އަހަރެން އަރުވާލުން ވެގެން ދާނީ ފަތުރުވެރި ކަމަކަށެވެ. އެމީހުން އަހަރެން މަރާލައިފިނަމަ، އަހަރެންގެ މަރު ވެގެން ދާނީ ޗަހީދު މަރަކަށެވެ." އިމާމް އިބްނު ތައިމިއްޔާ
ޕްރައިވެޓް ޔޮޓްގައި ޔަހޫދީން ސައިޕްރަސްއަށް ދާން ފަށައިފި.
ބޮލަކަށް 6 ހާސް ޝޭކަލް
ކަލޭމެން އައީވެސް ކަނޑު މަގުން. ފުރައިގެން ދާނީވެސް ކަނޑުމަގުން: ޔަހޫދީން އިޒްރޭލު ދޫކޮށް ފިލަން ކަނޑުމަގުން ބެރުވަމުން ދިއުމާ ގުޅިގެން މީސްމީޑިއާގައި.

އެހީ ހޯދަން އެމެރިކާ ކުލީ ސިފައިންގެ އެހީ މަރުކަޒަކަށް ދިޔަ ފަލަސްޠީނު މީހުންނަށް ބަޑި ޖަހައި 47 މީހުން ޝަހީދުކޮށްލައިފި
ޖީ7 ގެ ގައުމުތަކުން އިޒްރޭލު ކޮށް ބުރަވެ ތިބެގެން ޔަހޫދީންނަށް ވާގިވެރިވާ ގޮތަށް ބަޔާން ނެރެފައި. އީރާނަށް އިސްވެ އުދުވާނީ ހަމަލަ ދިން ޔަހޫދީންނަށް އަމިއްލަ ނަފްސު ދިފއުކުރުމުގެ ހައްގު އޮތްކަމަށް (ސޮލީބީ) ބަޔާންގައި ބުނެފައިވޭ
ޓްރަމަޕް: މަޝްހޫރުވާން ބޭނުންވާ މެކްރޮން ބުނީ އަހަރެން ޖީ7ގެ ސަމިޓުން ދަނީ ހަނގުރާމަ ހުއްޓުވުމުގެ ޕްލޭނަކަށް މަސައްކަތް ކުރަން ކަމަށް. އޭނާއަކަށް ނޭނގޭނެ އަހަރެން ކުރަން އުޅޭ ކަމެއް. އޮޅިގެން ވިއަސް ގަސްތުގައި ވިއަސް އަބަދުވެސް މެކްރޮން ހުންނަނީ އޮޅިފަ. (ޓްރަމްޕް ޓުރުތު ސޯޝަލްގައި)

ޓްރަމްޕް: ނާއިބް ރައީސް ނޫނީ ވިޓްކޯފް، އީރާނާ ވާހަކަ ދައްކަން މެދުއިރުމައްޗަށް ފޮނުވަން އެބަ ވިސްނަން.
އެމެރިކާއިން ކޮންމެ ނުލަފާ ކަމެއް ވެސް ކުރަނީ އެހެން ކަމެއް ކުރުމުގެ ބަހަނާ ދައްކައިެގން އޮޅުވާލާފަ
10 ހާސް އިންޑިއާ މީހުން އީރާންގަިއ އެބަތިބި. ދެވޭ ބަޔަކު އެއްގަމުން އަރްމީނިއާއަށް ދިއުމަށް އަންގައިފި
ޖަޕާނުން ވަނީ ރައްޔިތުން އިޒްރޭލާއި އީރާނުން ބޭރު ކުރުމަށް ވިސްނައި ގޮތްތަކެއް ރާވްނަ ފަށާފައި
ސްޕެއިން: އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓަން ވެއްޖެ
ޓްރަމްޕް ބޭނުން ވަނީ ހަމަނުޖެހުން އިތުރު ކުރުމަށް: ޗައިނާ
އީރާނާއި އިސްރާއީލާ ދެމެދު އިތުރުވަމުން އަންނަ ހަމަނުޖެހުންތަކަށް ޓްރަމްޕް "ތެޔޮ ޖަހާ" ކަމަށް ޗައިނާއިން ތުހުމަތުކޮށްފިއެވެ. ބެއިޖިންގ އިން ޓްރަމްޕަށް ފާޑު ކިޔާފައި ވަނީ ތެހެރާންގެ ރައްޔިތުންނަށް ބޭރުވުމަށް އިންޒާރު ދިނުމުންނެވެ.
ހަނގުރާމަ ބޮޑު ކުރުމާއި ހުޅުރޯކޮށް އިންޒާރު ދިނުމާއި، ޕްރެޝަރު ބޮޑުކުރުމަކީ ހާލަތު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން، އެކަމަކު ހަމަނުޖެހުން ވަރުގަދަވެ ފުޅާވާނެ ކަމެއް ކަމަށް ގަވާއިދުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕްގެ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ވިދާޅުވި އެވެ.





