މިއަދަކީ އެންމެ ގިނަ އިރުވަންދެން އީރާނުން އިޒްރޭލަށް ހަމަލަ ދިން ދުވަސް

މިއަދު ހެނދުނު އީރާނުން އިސްރާއީލަށް ދިން ހަމަލާއަކީ އީރާނާ ދެކޮޅަށް އިޒްރޭލުން އިސްވެ އޮވެ ދިން ޓެރަރިސްޓް ހަމަލަތައް ފެށުނު ފަހުން އީރާނުން ޔަހޫދީންނާ ދެކޮލަށް ދީފައިވާ އެންމެ ދިގު ހަމަލާ ކަމަށް އެލައިޓް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.

އިސްރާއީލުން ބުނަނީ އީރާންގެ ހަމަލާގެ ސަބަބުން ހިފާފައިވާ ސަރަހައްދުތަކަށް އެންމެ ގިނަ ވަގުތު ވަންދެން އިންޒާރުގެ ރަނގަބީލުތައް ޖަހައި ބިރުވެރިކަން އުފެދުނީވެސް މިއަދު ކަމަށެވެ.

އިސްރާއީލަށް ދިން ހަމަލާގައި އީރާނުން ބޭނުންކުރި މިސައިލްތަކަކީ، ޚައިބަރު ޝެކާން، އިމާދު، ޤަދްރު، އަދި ފައްތާޙް-1 ބެލިސްޓިކް މިސައިލް ކަމަށް ފާރިސް އެޖެންސީން ބުނެފިއެވެ.

ހިއްސާ ކުރައްވާ!