ހޭގުގައި ނޭޓޯގެ ސަމިޓްގެ ހަވާސާގައި ޑޮނަލްޑް ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާއަށް ކަމުދާ މިޑިއާއެއް ނެތް ކަމަށް ވިދާޅުވިއެވެ.
"ސީއެންއެން އަކީ ލަޓޯފަޓޯބައެއް. އެމްއެސްޑީއެންސީ އަކީ ލަޓޯފަޓޯބައެއް، ނިއުޔޯކް ޓައިމްސް އަކީ ލަޓޯފަޓޯބައެއް. އެއީ ނުބައި މީހުން، އެމީހުން ތާކުންތާކު ނުޖެހޭ." ކަމަށް ވިދާޅުވިއެވެ.
މީޑިއާ އިން ސިފަކުރި ގޮތުގައި އާދަވެގެން ޓްރަމްޕް ގެ އާންމު އުސޫލުން އެތާގައި ވެސް ހެދީ ހުސް ދޮގެވެ.
އީރާނަށް އެއް ޖުމުލައިގައި ބިރު ދައްކައި އަނެއް ޖުމުލައިގައި ހެޔޮ ބަސް ބުނެ ހެއްޖެވެ.
ދެކޮޅު ނުޖެހޭ ވާހަކަ ގިނައިން ދެއްވެވިއެވެ.





