ރަޝިޔާގެ ލީޑަރު ވްލަޑިމިއާ ޕޫޓިން ތުރުކީއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވިނަމަ، އެމެރިކާގެ ޓްރަމްޕް، ޕުޓިންއާ ބައްދަލު ކުރެއްވުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިޥާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައިބް އުރުދުޣާން ވިދާޅުވި އެވެ. އުރުދުޣާން މިވާހަކަ ވިދާޅުވީ ނެދަރލެންޑްގެ ހޭގްގައި އޮތް ނޭޓޯވެ ވެރިންގެ މަހާސިންތާއިން ވަޑައިގަތް މަގުމަތީގައވެ.
އުރުދުޣާން ވިދާޅުވީ ތުރުކީގެ އަމާޒަކީ ޔުކްރެއިންގެ ސުލްހައަށްޓަކައި ބައްދަލުވުމެއް ބާއްވަވައި ދިނުމެވެ، އަދި އެކަން ޓްރަމްޕަށް ހުށަހެޅުއްވުމުން އޭނާ ވަނީ އެކަމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އަންކަރާ ނޫނީ އިސްތަމްބޫލުގައި ޕޫޓިންއާ ބައްދަލުކުރައްވަން ޝައުގިވެރިވެ ވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.




