އޯޑްރީ ކްރޫޒް ނަމަކަށް ކިޔާ އަންހެނަކަށް 20 އަހަރު ފަހުން ފުރަތަމަ ފަހަރަށް އޭނާގެ ނަން ލިޔަން ފުރުސަތު ލިބިއްޖެއެވެ. ކުރޫޒު އޭނާގެ ނަން ލިޔެފައި ވަނީ އަތް ބޭނުންކޮށްގެނެއް ނޫނެވެ. ނަމަވެސް އޭނާގެ ވިސްނުމުންނެވެ.
މިކަން ފަހި ވެގެން ދިޔައީ އެމެރިކާގެ ބިލިއަނަރު އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިސްފަރާތް އީލޮން މަސްކްގެ ނިއުރަލިންކް ކުންފުނިން ތަރައްޤީކޮށްފައިވާ ކުރިއަރާފައިވާ ޓެކްނޮލޮޖީއެއް މެދުވެރިކޮށެވެ.
އިންޓަރނެޓްގައި ފުޅާ ދާއިރާއެއްގައި މިހާދިސާއަށް ސަމާލުކަން ލިބިފައި ވެއެވެ. މި ހާދިސާ ވަނީ "އެކްސް" ޕްލެޓްފޯމް މެދުވެރިކޮށް ރެކޯޑުކުރެވިފައެވެ. އެގޮތުން ކްރޫޒް ވަނީ އޭނާގެ ސޮއި ފެންނަ ލެޕްޓޮޕް ސްކްރީންގެ ފޮޓޯއެއް ޕޯސްޓްކޮށް ފައެވެ. އޭގައި އޭނާ ބުނަނީ، "20 އަހަރު ފަހުން ފުރަތަމަ ފަހަރަށް އަހަރެންގެ ނަން ލިޔަން މަސައްކަތްކޮށްފީމު. އަދިވެސް ދަސްކުރަމުން ދަނީ. ހަހަހަ #ނިއުރަލިންކް" މިފަދައިންނެވެ.
މި ޕޯސްޓަށް ގިނަ ބައެއްގެ ތައުރީފާއި ސަމާލުކަން ލިބިފައި ވެއެވެ. ނިއުރަލިންކު ބޭނުންކުރާ ފަރާތަކުން ލިޔެފައިވަނީ، "ނިއުރަލިންކް ޑިވައިސް ލިބިފައިވާ ފަރާތަކުން 20 އަހަރު ފަހުން ފުރަތަމަ ފަހަރަށް ހަމައެކަނި އޭނާގެ ވިސްނުން ބޭނުންކޮށްގެން އޭނާގެ ނަން ލިޔެލައިފި."
މި ޕޯސްޓަށް ޖަވާބުދެމުން މަސްކް ވަނީ މި ކާމިޔާބީއާ ގުޅޭގޮތުން ކޮމެންޓްކޮށްފައެވެ. އޭނާ ބުނެފައިވަނީ، "އޭނާ އެކުރާ ކަމަކީ ހަމައެކަނި އޭނާގެ ވިސްނުން ބޭނުންކޮށްގެން ކޮމްޕިއުޓަރު ކޮންޓްރޯލްކުރު މެވެ. ގިނަ މީހުންނަކަށް މިއީ ކުރެވިދާނެ ކަމެއްކަމަކަށް ނޭނގެއެވެ."
މަސްކްގެ ކޮމެންޓު 11 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައި ވެއެވެ.
މަސްކު ބުނެފައި ވަނީ "ނިއުރަލިންކް" ކުންފުނިން ވަނީ ލޯފަން މީހުންނަށް ފެނުން އަނބުރާ ހޯދައިދޭން އަމާޒުކޮށްގެން ބްލައިންޑްސައިޓް ނަމަކަށް ކިޔާ އައު މަޝްރޫޢުއެއްގެ މަސައްކަތްވެސް ފަށާފައެވެ.





