އިނގިރޭސި ސިފައިންގެ ރިޕޯޓަކާ ހަވާލާދީ ޑިކްލަސިފައިޑް ވެބްސައިޓުން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޮން އަޅައި ހޮލޮކޯސްޓް ހިންގަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުގެ ނާޒީ ސިފައިންވެސް ހޮލޮކޯސްޓް ހިންގި ގޮތަށް ނޫން ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ދޭ ހަމަލާތަކަކީ ޔޫކްރޭންގައި ރަޝިޔާއިން ދިން ހަމަލާތަކާ އެއްފަދަ ހަމަލާތަކެއް ކަމަށް ބުނެއެވެ.
އިސްރާއީލުގެ ސުލޫކާ މެދު އިނގިރޭސި ސިފައިންގެ ކަންބޮޑުވުމަކީ އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ދިފާއުގައި ސަރުކާރުން ކުރާ މަސައްކަތާއި ޣައްޒާގައި ހަނގުރާމައިގެ ޖަރީމާ ނުހިންގާ ކަމަށް ބުނާ ވާހަކައާ ފުށުއަރާ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެއީ ހަނގުރާމައިގެ ވަގުތުތަކުގައި އިންސާނީ އަސާސީ ހައްގުތައް ހިމާޔަތް ކުރުމަށް ކަނޑައަޅާފައިވާ ޖެނީވާ މުއާހަދާތަކާ ހިލާފު ކަމެއް ކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން އިސްރާއީލުގެ އެފް-35 ފަޔަރ ޖެޓްތަކަށް ބޭނުންވާ ވަޒަން އެކްސްޕޯޓްކުރުން އެހެން ގައުމުތައް މެދުވެރިކޮށް އިނގިރޭސިވިލާތުން ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވެއެވެ. އަދި އޭގެ އިތުރުން، 2023 ވަނަ އަހަރުން ފެށިގެން ރޯޔަލް އެއާފޯސްއިން ވަނީ ޣައްޒާގެ މަތީގައި އެތައް ސަތޭކަ ސަވައިލެންސް ފްލައިޓެއް ވެސް ދުއްވާފައި ކަން ފާހަގަ ކޮށްފައި ވެއެވެ.
ޔަހޫދީން ހިންގާ ހޮލޮކޯސްޓާ ބެހޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ މެދު އިނގިރޭސި ވަޒީރުންނަށް ވުރެ ގިނައިން ސިފައިންގެ އެކި މަގާމުތަކުގައި އުޅޭ މުވައްޒަފުން އަޑު އުފުލާފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.
އިނގިރޭސި ލެފްޓިނެންޓް ކާނަލް ޑެރެކް ޓެޑާ އާ ހަވާލާދީ ޑިކްލަސިފައިޑް އިން ބުނާ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނު ސިފައިން ޖެނީވާ މުއާހަދާގެ ހުރުމަތް ކެނޑި މިންވަރަށް ވުރެން ބޮޑަށް އިޒްރޭލުން ޖެނީވާ މުއާހަދާގެ ހުރުމަތް ކަނޑާފައި ވެއެވެ.
ޣައްޒާގައި ޔަހުދީން ގެންދަނީ ދުނިޔެއަށް ދައްކައިގެްނ ހޮލޮކޯސްޓެއް ހިންގަމުންނެވެ.






