މަރުވި މީހާއަށް ޓެސްލާއިން 240 މިލިއަން ޑޮލަރު ދޭން ހުކުމް ކޮށްފި

އިންސާނަކާ ނުލައި ދުއްވާ ގޮތަށް މަސްކުގެ ޓެސްލާ ކުންފުނިން އުފައްދާފައިވާ ކާރަކުން ޖައްސައި މީހަކު ނުވަތަ ބަޔަކު މަރާލި މައްސަލާގައި ބޮޑު ބަދަލެއް ދިނުމަށް ތަހުކީމް ކޮމެޓީން ފާސްކޮށްފިއެވެ.

މިއާމީގެ ޝަރީއަތުގެ މަޖިލީހުގައި ތަޙުކީމް ކޮމިޓީން ނިންމާފައި ވަނީ އެލޮން މާސްކްގެ ޓެސްލާގެ އޮޓޯޕައިލެޓް ޓެކްނޮލޮޖީގައި ދުއްވި ކާރަކުން ޖެހި ފްލޮރިޑާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ޒިންމާ އެކުންފުނިން އުފުލަން ޖެހޭނެ ކަމަށެވެ.

ފްލޮރިޑާގެ ތަހުކީމު ކޮމިޓީން ވަނީ ޓެސްލާގެ މޮޑެލް އެސް ގެ އެކްސިޑެންޓެއްގައި މަރުވި ފަރާތަށް 243 މިލިއަން ޑޮލަރު ދޭން އަންގާފައެވެ.

މި ހުކުމަކީ ޑްރައިވަރުންނާ ނުލައި ކާރު ދުއްވާ ޓެކްނޮލޮޖީ ބޭނުން ކުރާ އިލެކްޓްރިކް ކާރު ކުންފުންޏަށް ލިބުނު ފުރަތަމަ ބޮޑު ގާނޫނީ ގެއްލުމެވެ.

ހިއްސާ ކުރައްވާ!