އީރާންގެ ރައީސް ޕާކިސްތާނަށް

އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު  އިސްލާމްއާބާދަށް ވަޑައިގެންފިއެވެ. މިއީ ޕާކިސްތާނުން އީރާނާ އެކު އެއްބައިވަންތަކަމާއި އެއްބާރުލުން ދޭކަން ފާޅު ކުރުމަށްފަހު އީރާނުން ބާއްވާ ދަތުރެކެވެ.

އީރާންގެ ރައީސްގެ މަޝްވަރާތަކުގައި ޕާކިސްތާނާ އީރާންގެ ވިޔަފާރި އަހަރުން އަހަރަށް މަތިކުރުމަށް މަޝްވަރާ ކުރައްވާނެއެވެ.

ޕެޒެޝްކިއަން ހަފްތާ ބަންދުގައި ޕާކިސްތާނަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާއިރު، މިއީ ވެރިކަމަށް ވަޑައިގަތް ފަހުން އިސްލާމްއާބާދަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޑރ ޕެޒެޝްކިއަން، ނޫރު ޚާން އެއާ ބޭސްއަށް ވަޑައިގެންނެވިއިރު، މަރުހަބާ ވިދާޅުވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ޑެޕިއުޓީ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު އިސްހާގް ދާރާއި އިންފޮމޭޝަން މިނިސްޓަރު އަޠާއުالله ތަރާރު އެވެ.

ހިއްސާ ކުރައްވާ!