އީރާނާއި ޕާކިސްތާނުން 12 އެއްބަސްވުމެއްގައި ސޮއިކޮށްފި

އީރާންގެ ރައީސް މަސްއޫދު ޕަޒަކްޝިއާންގެ ފުރަމާނަ ދަތުރުފުޅުގައި އީރާނާއި ޕާކިސްތާނުގެ އިސް އޮފިޝަލުން ވަނީ އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ 12 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ދެގައުމުގެ ވެރިންގެ މަތީ ފަންތީގެ މަޝްވަރާތައް ބާއްވައި، ގުޅުން ބަދަހިކޮށް، އެއްބާރުލުން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ދެ ގައުމުން ވަނީ ސައިންޓިފިކް، ޓެކްނޮލޮޖީ، ޓްރާންސްޕޯޓޭޝަން، ޝަރުއީ، ސިނާއީ، އިގްތިސާދީ، ވިޔަފާރި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް 12 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ހިއްސާ ކުރައްވާ!