ދޯންޏެއް ބަންޑުން ޖަހާލައި 76 މީހުން މަރުވެއްޖެ

ކަނޑުމަތީގެ ނުރައްކާތެރި ހިތާމަވެރި ހާދިސާއެއްގައި މުހާޖިރުން ދަތުރުކުރި ދޯންޏެއް ޔަމަނުގެ އައްސޭރިފަށަށް ބަންޑުން ޖަހާލުމުން 76 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ޔަމަނުގެ އޮފިޝަލުން ބުނެފިއެވެ. އޭގައި ގިނަ މީހުންނަކީ  އިތިއޮޕިއާއިން ފިލަން ވެގެން ޔަމަނަށް ދަތުރުކުރި މީހުންނެވެ.

ޔަމަނުގެ ސަލާމަތީ އޮފިޝަލުން ބުނީ އަދަން ކަނޑު އޮޅީގައި ބަންޑުން ޖަހާފައިވާ ދޯނިން ދަތުރު ކުރި 76 މީހުންގެ ގަބުރު ފެނިފައިވާ ކަމަށާއި ދިރިތިއްބައި 32 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އދގެ މައިގްރޭޝަން އެޖެންސީން ބުނީ ބޯޓުގައި 157 މީހުން ތިބި ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހަނގުރާމައިން ސަލާމަތްވާން ވެގެން އެފްރިކާގެ ހިޖުރަވެރިން ދޯނިފަހަރުގައި ޔަމަނުގެ ދެކުނުގެ އަބްޔާން ޕްރޮވިންސަށް ފޯރަން އުޅުމުގެ ތެރޭގައެވެ. ސަލާމަތް ކުރި ބައެއް މީހުން އަބްޔާން ކައިރީގައި އޮންނަ ޔަމަނުގެ ޢަދަނަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވެއެވެ.

އަރަބި މުއްސަނދި އަވަށްޓެރިން 2014 ވަނަ އަހަރުން ފެށިގެން ޔަމަނަށް ދިން ހަމަލަތަކާއެކުވެސް ފަގީރު ޔަމަނަކީ އެފްރިކާއިން ގަވާއިދާ ހިލާފަށް ހިޖުރަ ކުރާ މީހުންގެ މަގްބޫލު ޓްރާންސިޓް ޕޮއިންޓެކެވެ.

ހިއްސާ ކުރައްވާ!