އިސްރާއީލުގެ ކުރީގެ ޕާލިމެންޓް ގެ ސްޕީކަރު އަވްރަހަމް "އަވްރުމް" ބާރގް ވަނީ ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ދެކޮޅު ކުށްތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ ކްރިމިނަލް ކޯޓު (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެއް މިލިއަން ޔަހޫދީންނަށް ގޮވާލައިފަ އެވެ.
އިސްރާއީލުގެ ސަރުކާރުގެ އިސް މަގާމެއްގައި ކުރިން ހުންނެވި ފަރާތެއްގެ ހައިސިއްޔަތުން މިފަދަ ގޮވާލުމެއް ގޮވާލުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މިއީ އިސްރާއީލުގެ ސަރުކާރުގެ ޢަމަލުތަކާ ދެކޮޅަށް އެ ގައުމުގެ އިސް ފަރާތަކުން އަޑު އުފުލި ފުރަތަމަ ފަހަރެވެ.
ބާރގް ބުނިގޮތުގައި މިއީ އަޚްލާޤީ އަދި ޤާނޫނީ ގޮތުން ޔަހޫދީން ކުރަންޖެހޭ ކަމެކެވެ. އަދި އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ރައްކާތެރި ކުރުމަށްޓަކައި ޔަހޫދީން މި މައްސަލާގައި އިސްނަގަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
މި ގޮވާލުމަކީ އިސްރާއީލުގެ ސަރުކާރުގެ ޢަމަލުތަކާމެދު ޔަހޫދީ މުޖުތަމަޢުގެ ތެރޭގައި އުފެދިފައިވާ ކަންބޮޑުވުންތައް ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިޔާސީ މާހިރުން ފާހަގަކުރެ އެވެ. އަދި މިއީ އިސްރާއީލުގެ ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް ބެލެވެ އެވެ.
އިޒްރޭލުން ހިންގަމުން ގެންދާ ހޮލޮކޯސްޓްގައި މިހާތަނަށް އެތައް ހާސް ފަލަސްތީނު ރައްޔިތުން ޝަހީދު ވެފައިވާއިރު، އެތައް ހާސް ބަޔަކު ޒަޚަމްވެ، އަދި ގިނަ އަދަދެއްގެ މަދަނީ ރައްޔިތުން ގެދޮރު ދޫކޮށް ހިޖުރަކުރަން މަޖުބޫރުވެފައިވެ އެވެ.






