ޔަހޫދީން މަސްޖިދުލްއަގްސާގެ ހުރުމަތް ކަނޑާލައިފި

އިސްރާއީލީ ފުލުހުންގެ ހިމާޔަތުގައި ޔަހޫދީ ގްރޫޕްތަކެއް އާދީއްތަ ދުވަހު މަސްޖިދުލް އަޤްސާއަށް ވަދެ، އެތަނުގައި ޔަހޫދީ އަޅުކަން ތަކެއް ކޮށްފިއެވެ. މަންޒަރު ދުށް މީހުން މައުލޫމާތު ދިން ގޮތުގައި، އެ ގްރޫޕްތަކުގައި ގިނަ އަދަދެއްގެ ޔަހޫދީން ހިމެނުނެވެ. އަދި މިމީހުންގެ މުގުލުގައި ހުރީ ޔަހޫދީންގެ ތާކިހާ ވަޒީރު ބިން ގްވީރުއެވެ.

މަސްޖިދުލް އަޤްސާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައާއި ތިންވަނައަށް އެންމެ މަތިވެރި މިސްކިތް ކަމުގައިވާއިރު، ޔަހޫދީން މިފަދަ ހަރަކާތްތައް ހިންގަމުންދަނީ އިސްލާމީ މުޤައްދަސް ތަންތަނަށް ފުރިހަމަ ހުރުމަތްތެރިކޮށް ހިތުމުގެ ހައްޤު ނިގުޅައިގަތުމުގެ ގޮތުންނެވެ. މިފަދަ ހަރަކާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްބަސްވުންތަކާ ޚިލާފު ކަންކަން ކަމުގައި ވީނަމަވެސް، ޔަހުދީ ސިފައިން މިފަދަ ހަރަކާތްތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކުރެވެއެވެ.

މިދިޔަ ހަފްތާގައިވެސް މިމީހުން ވަނީ މިސްކިތަށް ވަދެ މިސްކިތުގެ ތެރޭގައި އަޅުކަން ކޮށްފައެވެ.

ހިއްސާ ކުރައްވާ!