ބެލްފޯރ ޝަރީޢަތުގައި ފަލަސްޠީނުގެ ޙައްޤުތައް ހާމަވެއްޖެ

ޖޯޑަންގެ ވެރިރަށް އައްމާންގައި އަރަބި ރިސާރޗް ސެންޓަރ އިން ބޭއްވި ބެލްފޯރ ޝަރީޢަތް މިމައުޟޫއާ ގުޅޭ ފޯރަމްގައި ފަލަސްޠީނުގެ މުއައްރިޚު އަދި ލިޔުންތެރިޔާ ޑރ. ސަލްމާން އަބޫސިއްތާ ވަނީ 2022 ވަނަ އަހަރު އެޑިންބަރާ ޔުނިވަރސިޓީގައި އާރތަރ ބެލްފޯރއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ރަމްޒީ ޝަރީޢަތުގެ ވީޑިއޯއެއް ދައްކާފައެވެ. މާތްﷲ އެމީހަކަށް ލައުނަތް ލެއްވި އިނގިރޭސި ޚާރިޖީ ވަޒީރު އާތާ ބެލްފޯރ އަކީ ފަލަސްޠީނުގެ ބިން ޔަހޫދީންނަށް އޭނާގެ ސިޓީއަކުން ހިބަކޮށްދިން މަލްޢޫނެވެ.

މި ވީޑިއޯ ޝަރީޢަތުގައި ބެލްފޯރގެ ވައުދުގެ ޤާނޫނީ އަދި އިސްތިލާޙީ ތަޙްޤީޤެއް ހިންގިއެވެ. ޑރ. އަބޫ ސިއްތާ ވިދާޅުވި ގޮތުގައި، މި "ވަޢުދު" މިއީ ޙަޤީޤަތުގައި ހަމަ އާދައިގެ ސާދާ ބަޔާނެއް ކަމަށާއި، ނަމަވެސް ޒަޔަނިސްޓު ޙަރަކާތުން މިއީ ފުއްދަންޖެހޭ ވަޢުދެއްގެ ގޮތުގައި ދެކި، އެކަމަށް އަމަލީ ސިފަ ގެނައީ ފަލަސްޠީނުގެ ނަކްބާ (މުސީބާތް) ގެ ތެރެއިންނެވެ.

ޝަރީޢަތުގައި ހުށަހެޅުނު ލިޔެކިޔުންތަކުން ސާބިތުވި ގޮތުގައި، އިނގިރޭސި އިސްތިއުމާރީ ސަރުކާރުން ފަލަސްޠީނީންނާ ދެކޮޅަށް ޖަރީމާތައް ހިންގާފައިވެއެވެ. އަދި ޔަހޫދީ ޓެރަރިސްޓް ހަގާނާ ޖަމާޢަތްތަކުން ހިންގި އަނިޔާވެރި ޢަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލާފައިވެއެވެ.

ޑރ. އަބޫ ސިއްތާ ވަނީ މަލްއޫނު ބެލްފޯރުގެ ޚިޠާބެއްގައި ފަލަސްޠީނު މީހުންނަކީ "ޖާހިލުން" ގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ފާހަގަކުރައްވައި، ފަލަސްޠީނުގެ ފަސްގަނޑުން އެޑްވާޑް ސަޢީދު، އިސްމާޢީލް ޝަމްމޫޠު، ޣައްސާން ކަންފާނީ، ނާޖީ އަލްޢަލީ ފަދަ ގިނަ މުފައްކިރުން އުފެދިފައިވާކަން ފާހަގަކުރައްވާފައެވެ.

މި ވީޑިއޯ ދެއްކުމަށްފަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ޑރ. ނިޡާމް ބަރަކާތުގެ އިސްނެންގެވުމުގެ ދަށުން، މި ފަދަ ޝަރީޢަތްތަކުގެ މުހިންމުކަމާ މެދު ޚިޔާލު ބަދަލުކުރެވުނެވެ. ޑރ. އަބޫ ސިއްތާ ވިދާޅުވި ގޮތުގައި، މިފަދަ މަސައްކަތްތަކަކީ ޙަޤީޤަތް ހާމަކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.

ހިއްސާ ކުރައްވާ!