2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގާ ހޮލޮކޯސްޓްގެ ސަބަބުން އިޒްރޭލަށް ދުނިޔޭގެ އެކި ގައުމުތަކާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އިޒްރޭލްގެ އުދުވާނީ ޢަމަލުތަކާ ދެކޮޅަށް ގިނަ ގައުމުތަކުން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.
ހަތިޔާރު ވިއްކުން މަނާކުރުމާއި އިގްތިސާދީ ފިޔަވަޅުތައް
ސްލޮވީނިއާއަކީ އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރި ފުރަތަމަ ޔޫރަޕިއަން ޔޫނިއަންގެ ގައުމެވެ. މީގެ އިތުރުން، ޔުނައިޓެޑް ކިންގްޑަމް، ނެދަލޭންޑްސް، ބެލްޖިއަމް، ޑެންމާކް، ޖަޕާން އަދި ކެނެޑާ ފަދަ ގައުމުތަކުން ވަނީ ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ލައިސަންސްތައް ހިފަހައްޓާފައެވެ. ފްރާންސްއިން ވަނީ 2024 އަދި 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިފާޢީ އެކްސްޕޯތަކުގައި އިޒްރޭލްގެ ކުންފުނިތަކުގެ ބައިވެރިވުން މަނާކޮށްފައެވެ.
ބައިނަލްއަގްވާމީ ފިޔަވަޅުތައް
އދ. ގެ ޖެނެރަލް އެސެމްބްލީން ވަނީ ފަލަސްތީނަށް ތާއީދުކޮށް ގިނަ ގަރާރުތަކެއް ފާސްކޮށްފައެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ ސައުތު އެފްރިކާއިން ހުށަހެޅި ޖެނޮސައިޑްގެ މައްސަލައިގައި އަމުރުތަކެއް ނެރެފައެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ދަނީ އިޒްރޭލާއެކު އޮތް އެއްބަސްވުންތައް މުރާޖަޢާކުރުމަށް ނުވަތަ ހިފެހެއްޓުމަށް ވިސްނަމުންނެވެ.
ފަލަސްތީނުގެ ބައިނަލްއަގްވާމީ ހައިސިއްޔަތު އިތުރުވުން
2024 ވަނަ އަހަރުގެ ފެށުމާއެކު، ދުނިޔޭގެ 140 އަށްވުރެ ގިނަ ގައުމު (ގާތްގަނޑަކަށް 75%) އިން ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ. ނޯވޭ، ސްޕެއިން، އަޔަލޭންޑް އަދި ސްލޮވީނިއާ ފަދަ ޔޫރަޕްގެ ގައުމުތަކުގެ އިތުރުން، ކޮލަމްބިއާއިން ވަނީ ރާމަﷲގައި ފުރިހަމަ ޑިޕްލޮމެޓިކް މިޝަނެއް ޤާއިމްކޮށްފައެވެ. އަދި ފްރާންސް، ޔޫކޭ، ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑް ފަދަ ގައުމުތަކުން 2025 ގެ ސެޕްޓެމްބަރު މަހާ ހަމައަށް ފަލަސްތީނު ބަލައިގަތުމުގެ ފުރުސަތު އެބައޮތެވެ.
މި ހުރިހާ ކަމެއްގެ ސަބަބުން އިޒްރޭލަށް ދިމާވެފައިވާ ޑިޕްލޮމެޓިކް އެކަހެރިކަމަކީ އެ ގައުމުގެ ތާރީޚުގައި މިހާތަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުން ކަމުގައި ބެލެވެއެވެ.
ގާނޫނީ ގޮންޖެހުން
- އައިސީސީން ނެރުނު ހައްޔަރު ކުރުމުގެ އަމުރު: ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ގަލަންޓް އަށް ނެރުނު އަމުރު (ނޮވެމްބަރު 2024).
- ފަލަސްތީނަށް ތާއީދުކުރާ އެންޖީއޯތަކުން: އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުން.
- ދަތުރު މަނާކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް: ސްމޮޓްރިޗް އާއި ބެން ގްވިރް ފަދަ އިސްރާއީލުގެ ވަޒީރުންނަށް އަމާޒުކޮށްގެން ދަތުރުފަތުރާއި ގައުމުތަކަށް ވަނުން މަނާ ކުުން.
ޑިޕްލޮމެޓިކް ފިޔަވަޅުތައް
- ބައެއް ގައުމުތަކުން އިޒްރޭލުގައި ހުރި އެމްބަސީތައް ބަންދުކުރުމާއި ސްޕެއިން އަދި ނޯވޭ ފަދަ ގައުމުތަކާއެކު އެމްބެސެޑަރުން ވަކިކުރުން.
- ޑަބްލިންގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކުރީ 2025 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.
- އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް، ނޯވޭ، ސްލޮވޭނިއާ، އަދި ނެދަލެންޑްސް އިން ވަނީ އިޒްރޭލުިގެ ބައެއް ފަރާތްތައް އެތެރެވުން މަނާކޮށްފަ އެވެ.
ރައްޔިތުންގެ ދެކޮޅުިވެރިކަން
- މުޅި ޔޫރަޕާއި އުތުރު އެމެރިކާ އަދި އޮސްޓްރޭލިއާގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތައް ބޮޑުވުން.
- އިސްރާއީލުގެ އޮފިޝަލުންގެ ފަރާތުން ޔަހޫދީންނާ ދެކޮޅު ކަންތައް އިތުރުވަމުންދާ ކަމުގެ ތުހުމަތުތައް.
- އެމެރިކާގެ ޔުނިވާސިޓީތަކަށް އެތެރޭގެ ޕްރެޝަރެއް ކުރިމަތިވެ އިސްރާއީލު/ޔަހޫދީ ދަރިވަރުންގެ ފައިދާއަށް ޓްރަމްޕް ވަންނަން ޖެހުން
- ބޭރުގައި ތިބި އިސްރާއީލުގެ މީހުންގެ ތަހުގީގު ހިންގަން އުޅޭތީ ސަލާމަތީ ކަންބޮޑުވުންތައް އިތުރު ވުން.






