އެއާ ކެނެޑާގެ މުވައްޒަފުން މަސައްކަތަށް ނުކުތުމަށް ސަރުކާރުން ކުރި އަމުރާ ދެކޮޅަށް

އެއާ ކެނެޑާގެ ދަތުރުތައް ހުއްޓާލައި، މިއަދު ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގައުމުގެ ހާހުން ގުނާލެވޭ ފްލައިޓް އެޓެންޑެންޓުން ވަނީ ހަޅުތާލުގައި ދެމިތިބުމަށް ނިންމާފައެވެ. ސަރުކާރުން މަސައްކަތަށް ނުކުތުމަށް ކުރި އަމުރާ ވެސް އެމީހުން ވަނީ ދެކޮޅު ހަދާފައެވެ.

10،000 އަށްވުރެ ގިނަ ކެބިން ކްރޫ މެންބަރުން ތަމްސީލުކުރާ ކެނޭޑިއަން ޔޫނިއަން އޮފް ޕަބްލިކް އެމްޕްލޯއީސް (ސީޔޫޕީއީ) އިން ވަނީ ކެނެޑާ އިންޑަސްޓްރިއަލް ރިލޭޝަންސް ބޯޑުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާ ކުރާ ފަރާތާ ދެމެދު  މައްސަލަ ހައްލުކރުމަށް ނެރުނު އާބިޓްރޭޝަންގެ އަމުރު ބަލައިނުގަނެ، އެއީ ޤާނޫނު އަސާސީއާ ޚިލާފު އަމުރެއް ކަމަށް ބުނެފައެވެ. އަދި އެއާލައިނާއެކު އަލުން މަޝްވަރާތައް ފެށުމަށް ގޮވާލާފައެވެ.

މި ހަޅުތާލުގެ ސަބަބުން ސަތޭކައެތައް ފްލައިޓެއް ވަނީ ހުއްޓިފައެވެ. އަދި ދުވާލެއްގެ މައްޗަށް 130،000 އަށްވުރެ ގިނަ ފަސިންޖަރުންގެ ދަތުރުތަކަށް ބުރޫ އަރާފައެވެ. މި ހަޅުތާލު އަމާޒުކުރެވިފައިވަނީ އިންސާފުވެރި މުސާރައަކަށާއި، މަތިންދާބޯޓު ދުއްވުމުގައި ނުހިމެނޭ މަސައްކަތްތައް ކޮށްފިނަމަ  އެކަމަށް އުޖޫރަ ދިނުމަށެވެ.

ބޮޑު ވަޒީރު މާކް ކާނީގެ އިދާރާއިން ވަނީ، އިތުރުވަމުންދާ ޕްރެޝަރާއެކު، މަސައްކަތަށް ނުކުތުމުގެ އަމުރު ތަންފީޒުކުރުމަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. ނަމަވެސް ގާނޫނީ މާހިރުން ބުނެފައި ވަނީ، ހައްގު ޖހޯދަން މަސައްކަތް ކުރާ ފަރާތްތަކަަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުން ސުޕްރީމް ކޯޓުން ރައްކާތެރިކޮށްދީފައިވާތީ އެމީހުންނާ ދެކޮޅަށް އަޅާ ކޮންމެ  ފިޔަވަޅަކީ، ހަޅުތާލުކުރުމުގެ ހައްޤާ ފުށުއަރާފާނެ ކަމެއް ކަމަށް ބުނެ އިންޒާރުދީފައެވެ.

ކެނެޑާގެ ގިނަ ރައްޔިތުން  ވަނީ މުވައްޒަފުންގެ އިންސާފުވެރި ޙައްޤުތަކަށް ތާއީދުކޮށްފައެވެ. އެހެންނަމަވެސް އެއާ ކެނެޑާއިން ވަނީ ޔޫނިއަންގެ ޢަމަލުތަކަކީ ގާނޫނާ ޚިލާފު ކަންކަން ކަމަށް ބުނެ، އޮޕަރޭޝަންތައް އަލުން ފެށުން ފަސްކޮށްފައެވެ. މިއީ ކެނެޑާގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މިހާތަނަށް ފެނިފައިނުވާ ފަދަ ބޮޑު ވަޒީފާގެ ހައްގާ ގުޅޭ ދެބަސްވުމެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!