ޣައްޒާގައި ހިނގަމުންދާ ކަންކަމާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގެ ދެފުށް ދެގޮތް މިންގަނޑު ކުށްވެރިކުރައްވައި، ސްލޮވޭނިއާގެ ރައީސް ނަތާޝާ ބިރްކް މޫސާރު ވިދާޅުވަނީ، އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔެ އަމަލުކުރަމުން އަންނަނީ ދެފުށް ކެހެރިކޮށް ކަމަށެވެ.
އޭނާގެ ފަރާތުން ނެރެފައިވާ ނޫސްބަޔާންގައި މޫސާރު ވިދާޅުވީ "ދުނިޔެއިން ސްރެބްރެނިކާ ގަތުލުއާންމުގެ ކުށްވެރިންގެ މައްޗަށް ޙުކުމް ކުރަމުންދިޔަ ނަމަވެސް ހަމަ އެއާއެކު ޣައްޒާގައި އިސްރާއީލުން ހިނގާ ނަސްލު ނައްތާލުން ދިފާއު ކުރަމުންދާ އަދި އެކަން ގަބޫލުކުރާ މީހުން އަޅުގަނޑުމެންނަށް ފެނޭ" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ "އޮކްޓޯބަރު ހަތް ވަނަ ދުވަހު ދިން ހަމަލާ ދުނިޔެއިން ކުށްވެރިކުރި" ކަމަށެވެ. ނަމަވެސް ޣައްޒާގެ ނަސްލު ސާފުކޮށްލުމަށް އަޅާނުލައި ތިބި ކަމަށެވެ.






