އިޓަލީވިލާތުގެ ޖެނޯއާ ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ޖަމުއިއްޔާއިން ވަނީ ޣައްޒާއަށް ފުރާ މިނިވަން ފުޅަނދުތަކަށް އިސްރާއީލުން ހުރަސް ނޭޅުމަށް އިންޒާރު ދީފައެވެ. އެ ޖަމުއިއްޔާއިން ބުނެފައި ވަނީ، އެ ފުޅަނދާ ގުޅުން ކެނޑިއްޖެ ނަމަ އަދި އޭގެ މަންޒިލަށް ދިއުމަށް އިސްރާއީލުން ހުރަސްއަޅައިފިނަމަ ޖެނޯއާ ބަނދަރުން އިސްރާއީލަށް ދާ މުދަލާއި ޝިޕްމަންޓްތައް އެހިސާބުން ބޮއިކޮޓް ކުރާނެ ކަމަށެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނޯއާގެ ބަނދަރަކީ ޔޫރަޕްގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ބަނދަރެވެ. އަދި އެ ބަނދަރުގެ މަސައްކަތްތެރިން އިސްރާއީލާ ދެކޮޅަށް ނިކުމެއްޖެނަމަ އިސްރާއީލުގެ ވިޔަފާރިއަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށެވެ.






