ނުލަފާ ޔަހޫދީއަކު ނައްތާލައިފި

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ދެ ޒުވާނަކު ވަނީ ނުލަފާ ޔަހޫދީއަކާއެކު 6 މީހަކު އިރުމަތި ޤުދުސްގައި ދިން ބަޑީގެ ހަމަލާގައި މިއަދު ނައްތާލާފައެވެ.

ނައްތާލާފައިވާ ޔަހުދީންގެ ތެރޭގައި ޔަހުދީންގެ ފުލުހުންގެ ވަޒީރު އިޓާރާމާރް ބެންގްވީރްގެ ދަނިބި ދަރިވެސް ހިމެނެއެވެ. އޭނާއަކީ ފާދިރީ އެކެވެ. އަދި ފަލަސްޓީނުގެ ބިންތައް ހިފައި ނަސްލު ނައްތާލުމަށް ބާރުއަޅާ ޔަހޫދީއެކެވެ.

މިމީހުން ނައްތާލި ފަލަސްޠީނުގެ ޒުވާނުންނަކީ، މުސައްނާ ނާޖީ އަމްރޫއާއި އާއި މުހައްމަދު ބައްސާމް ތާހާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. މި ހަމަލައަށް ފަހު މިމީހުން ވަނީ ޝަހީދު ކޮށްފައެވެ.

މިދެ ޝަހީދުންނަކީ ރާމަالله ސަރަހައްދުގެ ގަތުނާ އަވަށާއި އަލްޤުބައިބާ އަވަށުގެ ރަށްވެހިންނެވެ.

މި ދެޒުވާނުން ޙަމަލާ ދީފައި ވަނީ މިއަދު ހެނދުނު، ހިފާފައިވާ ގުދުސްގެ އުތުރުގައި އޮންނަ ހަތަރު އަނގޮޅިއެއްގައި ބަޑި ޖަހައިގެންނެވެ. އެމީހުން ބޭނުންކޮށްފައިވާ ބަޑިއަކީ ފަލަސްޠީނު މީހުން އަމިއްލައަށް އުފައްދާ ކާރްލް ނަމަކަށް ކިޔާ ބަޑިއެކެވެ. މިއީ 500 ޑޮލަރަށް ވިއްކާ ފަލަސްޠީނުގެ އުފެއްދުމެކެވެ. މި ބަޑިއަށް ނަންދީފައި ވަނީ ކާރްލް ގުސްތާވްގެ ނަމުންނެވެ. މިއާ ޚިލާފަށް އާންމުކޮށް ފަލަސްޠީނު މީހުން ބޭނުން ކުރާ ބަޑިއަކީ ޒަމާނީ 10 ހާސް ޑޮލަރުގެ ބަޑިއެވެ.

މި ހަމަލާ އަމާޒުކޮށްފައި ވަނީ ހަނގުރާމައިގައި ބައިވެރިވާ ޔަހޫދީ ސިފައިންނާއި ނަސްލު ނައްތާލުމަށް ހިތްވަރުދޭ އަދި ފަލަސްޠީނުގެ ބިންތައް ހިފައިގެން ތިބި ހަނގުރާމަވެރި ޔަހޫދީ ސެޓްލަރުންނަށެވެ. ހަމަލާ އަމާޒުކޮށްފައި ވަނީ މަދަނީންނަކަށެއް ނޫނެވެ.

ހިއްސާ ކުރައްވާ!